ކަޒްމިކްގެ ފުރަތަމަ ފީޗަރ ފިލްމަކީ "ފްރީ ޑެލިވަރީ"

ކަޒްމިކްގެ ފުރަތަމަ ފީޗަރ ފިލްމަކީ "ފްރީ ޑެލިވަރީ"

Author
ފާތިމަތު ނާވީ
04 މެއި 2023 03:12
0

ބެލުންތެރިންގެ މެދުގައި މަގުބޫލޫ ޑްރާމާ ސީރީޒް ތަށް ކަމުގައިވާ "ދަރަކަ" އާއި "ހިންތާ" ފަދަ މަގުބޫލު ޑްރާމާތަށް ގެނެސްދިން ޕަރޮޑަކްޝަން ހައުސް "ކަޒްމިކް އިންޓަނޭޝަނަލް" ގެ ފުރަތަމަ ފިލްމު އިއުލާނުކޮށްފި އެވެ.

މިހާރު ފުރަތަމަ ފިލްމްގެ މަސައްކަތް ވެސް ފަށައިފައި ވާއިރުގައި މިވަނީ ފިލްމްގެ ނަންވެސް އިއުލާން ކޮށްފައިއެވެ. އެގޮތުން ކަޒްމިކް ގެ އެންމެ ފުރަތަމަ ފީޗާ ފިލްމް އަކީ "ފްރީ ޑެލިވަރީ"އެވެ.

ޑާކް ކޮމެޑީ ޖޮންރާގެ މި ފިލްމުގެ ޝޫޓިން ފެށީ ފެށީ މިދިޔަ އޭޕްރީލް މަހުގައި ކަމަށް މައުލޫމާތު ލިބެއެވެ. އަދި މިހާރު ފިލްމް ގެ  75 އިންސައްތަ ޝޫޓިން ނިންމާލެވިފައިވާ ކަމަށްވެސް ވެއެވެ.

ފިލްމުގެ ކާސްޓްގައި ގިނަ އާ ތަރިންތަކެއް ހިމެނޭއިރު ލީޑުން ފެނިގެންދާނީވެސް އާ ތަރިންތަކެއް ކަމަށްވެސް ފިލްމް ގެ ޑައިރެކްޓަރު އިލްޔާސް ވަހީދު (އިއްލެ) ވަނީ ބުނެފައިއެވެ. މި ފިލްމް ޕްރޮޑިއުސް ކުރަނީ އާސިމް އަލީ އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.