އާލިއާގެ މެޓްގާލާ ހެދުން ތައްޔާރު ކުރީ 100،000 ޕާލް ބޭނުންކޮށްގެން

އާލިއާގެ މެޓްގާލާ ހެދުން ތައްޔާރު ކުރީ 100،000 ޕާލް ބޭނުންކޮށްގެން

Author
ފާތިމަތު ނާވީ
03 މެއި 2023 06:21
0

އިއްޔެ އެމެރިކާގެ ނިއު ޔޯކްގައި ފެށި މި އަހަރުގެ މެޓް ގާލާގައި ބޮލީވުޑްގެ ޒުވާން އަދި ހހުނަރުވެރި ބަތަލާ އާލިއާ ބަޓް  އޭނަަގެ ފުރަތަމަ ފެނިލުން ދައްކާލައިފި އެވެ.

މީ އާލިއާ މި އިވެންޓުގައި ބައިވެރިވި ފުރަތަމަ ފަހަރެވެ. މި އަހަރުގެ މެތްގާލާގައި އޭނާ ފެނިގެންދިއައީ ވަރަށް ހިތްގައިމު ކޮންނެވެ. ވަރށް ސާދާކޮށް ފަރުމާކޮށްފައިވާ ހުދު ކުލައިގެ ބްރައިޑަލް ގައުންއެއްގަ އޭނާ ފެނިގެން ދިއައިރުގައި މޭކަޕްއިން ވަނީ އިތުރު ފުރިހަމަ ކަމެއް ގެނެސްދީފައިއެވެ.

މި އިވްނެޓަށް އާލިއާ އިޚްތިޔާރުކުރީ ޕާލް ނުވަތަ މުތީތަކުން ޒީނަތްތެރިކޮށްފައިވާ ހެދުމެކެވެ. އާލިއާގެ މި ހިތްގައި ގައުން ތައްޔާރު ކޮށްފައިވަނީ 100،000 ޕާލް ވެސް ބޭނުންކޮށްގެން ކަމަށް ބުނެފައިވެ އެވެ.

 

View this post on Instagram

 

A post shared by Alia Bhatt 💛 (@aliaabhatt)

އާލިއާގެ މި ހިތްގައިމު ހެދުން ފަރުމާ ކޮށްފައިވަނީ އެމެރިކާގެ މަޝްހޫރު ފެޝަން ޑިޒައިނަރެއް ކަމުގައިވާ ޕްރަބަލް ގުރުންގްއެވެ. މުތީތަކުން ފުރިފައިވާ އާލިއާގެ ޗެނެލް ބްރައިޑް އިންސްޕަޔާޑް ގައުންގައި ބޮޑީސްގައި ފިގާ ހަގްކުރާ ސިލޫއެޓެއް ހުރި އިރު، ފްލޯ ސްވިޕިން ރޭލާއެކު ބޮޑު ބޯލް ސްކާޓެއްގެ ހެދުމަށް އިތުރު ފުރިހަމަ ކަމެއް ގެނެސްދިފައިވަނީ އޭނާގެ ހެދުންތަކުގެ ޕްލަންޖިންގް ނެކްލައިން ގެ ސަބަބުންނެވެ.

މެޓް ގާލާއަކީ ނިއުޔޯކް ސިޓީގެ މެޓްރޮޕޮލިޓަން މިއުޒިއަމް އޮފް އާޓްގެ ކޮސްޓިއުމް އިންސްޓިޓިއުޓްގެ އަހަރީ ފަންޑްރެއިޒިން އިވެންޓަކަށް ވާއިރު، އާންމުގޮތެއްގައި މި އިވެންޓް ބާއްވަނީ މެއި މަހުގެ ފުރަތަމަ ހޯމަ ދުވަހު އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.