ސެކިއުރިޓީގެ ބޮޑު ފައުޖަކާއި އެކުގައި ދަތުރު ކުރާތީ މީހުން މިހާރު އޭނާ އަށް މީހުން ވަރަށް ލޯ އަޅާ ކަމަށް ސަލްމާން ހާން ބުނެފިއެވެ.
އެންމެ ފަހުން ގެނެސްދިން "އާޕްކީ އަދާލަތް" ގައި ވާހަކަ ދައްކަމުން ސަލްމާން ވަނީ އޭނާގެ ދިރިއުޅުމުގެ ގިނަ ވާހަކަ ތަކެއް ހިއްސާ ކޮށްފައިއެވެ.
އެގޮތުން އޭނާ އަށް މަރުގެ އިންޒާރު ދިނުމާއި ގުޅިގެން ފުލުހުންގެ ހާއްސަ ސެކިއުރިޓީއެއް އޭނާ ބަލަހައްޓަމުން ދާކަން ފާހަގަ ކޮށް ޝޯވ ގެ ހޯސްޓް ބުނީ އެއީ ވަރަށް ސީރިއަސް މައްސަލައެއް ކަމަށްށެވެ. ނަމަވެސް ސަލްމާން އެކަންކަމާއި އެހާބޮޑަށް ނުބަލާކަމަށް އޭނާ ވަނީ ބުނެފައިއެވެ. ނަމަވެސް ސަލްމާން ބުނީ އެމީހުން ބުނި ގޮތެއް ހެދިގެން މިހާރު އުޅެން ޖެހޭތީ ބަންދުވެފައި ވާކަމުގެ އިހުސާސް ކުރެވޭ ކަމަށެވެ.
"މިހާރު ވަރަށް ފްރީޑަމް ކުޑަ ވެއްޖެ. މި އިންޒާރާއި ގުޅިގެން ސެކިއުރިޓީގެ ބޮޑު ފައުޖާ އެކުގައި ބޭރަށް ނުކުންނަން ޖެހެނީ. މިހާރު ތަންތަނަށް ދާއިރުވެސް މަގުމަތިން މީހުން އަހަރެންނަށް އެބަލާގޮތް، އެދޭ ލުކް، ލޯ އަޅާހެން ހީވަނީ. މިހާރު ބުނެފިން ތަންތަނަށް ދާއިރުގައިވެސް ސައިރެންވެސް ނާޅަށް. މަޑުން ވެސް ދުއްވަން."
ސަލްމާން ބުނީ އޭނާ ކުރިން ހޭލައިގެން ބައިސްކަލު ދުވަންދާ ދިއުންވެސް މިހާރު ދިއުން ހުއްޓައިލައިފައިވާކަމަށެވެ. އެހެންވެ އޭނާ މިހާރު ކަސްތަރަށް ބަރަށް ބޮޑު އަހައްމިޔަތު ކަމެއް ދޭކަމަށް ވަނީ ބުނެފައިއެވެ.
މިދިއަ އަހަރުގެ އެކިދުވަސްވަރުގެ މަތިން ސަލްމާން އަށް އަންނަނީ މަރުގެ އިންޒާރު ދެމުންނެވެ. އެހެން ކަމުން ފުލުހުން އަނަނަނީ ސަލްމާން އަށް ހާއްސަކޮށް ވަރުގަދަ ސެކިއުރިޓީއެއް ދެމުންނެވެ. އަދި މައްސަލަ ތަށްވެސް ތަހުގީގު ކުރަމުންނެވެ.
ސަލްމާން އަށް މަރުގެ އިންޒާރު ދެމުން އަންނަނީ ގޭންގްސްޓާރުން ކަމަށްވާ ލޯރެންސް ބިޝޯނީ އާއި ގޯލްޑީ ބްރާރާއި އެ މީހުންގެ އައުވާނުންތަކެއް މެދުވެރިކޮށެވެ.
ކޮމެންޓު ފޮނުވާ