ކައިވެނީގެ ފުރުސަތު އަދިވެސް ނުގެއްލޭ، ބޭނުން ވަނީ ދަރިއެއް: ސަލްމާން ހާން

ކައިވެނީގެ ފުރުސަތު އަދިވެސް ނުގެއްލޭ، ބޭނުން ވަނީ ދަރިއެއް: ސަލްމާން ހާން

Author
ފާތިމަތު ނާވީ
02 މެއި 2023 05:48
0

ކައިވެނި ކުރުމުގެ ފުރުސަތު އަދިވެސް އެބަ އޮތް ކަމަށާއި އެކަމަށް އަދިވެސް ތައްޔާރު ކަމަށް ސަލްމާން ހާން ބުނެފިއެވެ. އެއާއި އެކު އޭނާ ބުނެފައިވަނީ އަދިވެސް ކައިވެނިކުރަން ބޭނުންވާ ކަމަށާއި އޭނާވެސް ދަރިޔަކު ހޯދަން ބޭނުންވާ ކަމަށެވެ.

އޭނާ އަމިއްލަ ދިރިއުޅުމުގެ ގިނަ އަމިއްލަ ދިރިއުޅުމުގެ ވާހަކަ ތަކެއް ދައްކައިފައި މިވަނީ އިންޑިއާ ޓީވީގެ މަޝްހޫރު ޝޯ "އާޕް ކީ އަދާލަތު" ގެ އެންމެ ފަހުގެ އެޕިސޯޑްގައި މެހުމާނެއްގެ ގޮތުގައި ބައިވެރި ދެއްކި ވާހަކަ ތަކުގައިއެވެ.

ބޮލީވުޑްގެ މޮސްޓް ވޯންޓެޑް ބެޗްލާގެ ގޮތުގައި މަޝްހޫރު 57 އަހަރުގެ އެކްޓަރުގެ ދިރިއުޅުމުގެ ގިން ސޮފްހާތަކެއް ވަނީ މިޝޯވގައި ކިޔައިދިފައިއެވެ.

އެގޮތުން ލޯބިގެ ގޮތުން ގުޅުން ހުރިހާ އަންހެނުންނަކީ ވެސް އޭނާއަށް ވަރަށް ރަނގަޅު ބައެއް ކަމަށާއި ނަމަވެސް އެއިގެން އެއްވެސް ގުޅުމެއް ކައިވެންޏާއި ހަމަ އަށް ނުދިއައީ އޭނާގެ ސަބަބުން ކަމަށް ކަމަށް ބުނެފައިއެވެ. ނަމަވެސް ސަލްމާންގެ ކޮންކަންތަށް ތަކެއްގެ ސަބަބުން ކަމެއް އޭނާ ބުނެފައިއެއް ނުވެއެވެ.

 

View this post on Instagram

 

A post shared by Salman Khan (@beingsalmankhan)

އިތުރަށް އެޝޯވ ގައި އޭނާ ބުނެފައިވަނީ އަދިވެސް ކައިވެނިކުރަން ބޭނުންވާ ކަމަށާއި އޭނާވެސް ދަރިޔަކު ހޯދަން ބޭނުންވާ ކަމަށެވެ. އަދި ބައްޕައަކަށް ވުމަކީ ދެކެމުން އަންނަ ހުވަފެނެއް ކަމަށްވެސް ސަލްމާން ބުންޏެވެ.

އެކަމަކު ކަރަން ޖޯހަރުމެން ސަރޮގޭޓްކޮށްގެން ދަރިން ހޯދިހެން ވެސް ނުހޯދިގެން އުޅެނީ އޭނާ އެކަން ކުރަން ބެލި އިރު އިންޑިއާގެ ގާނޫނު އަސާސީއަށް ބަދަލު ގެނެސްފައިވާތީ ކަމަށް ސަލްމާން ބުންޏެވެ.

 

View this post on Instagram

 

A post shared by Salman Khan (@beingsalmankhan)

ސަލްމާން ގެ ލޯބި ވެރިންގެ ތެރެއިން އައިޝްވާރްޔާ ރާއި އާއި ކެޓްރީނާ ކައިފްގެ ވާހަކަ އަކީ އެންމެ މަޝްހޫރު އެއް ވާހަކައެވެ. ނަމަވެސް މިހާރު އެ ދެބަތަލާއިން ވަނީ އެހެން މީހުން ގެ އަބިންނަށް ވެފައިއެވެ. މިހާރު ސަލްމާން ލޯބީގެ ގޮތުން ގުޅިގެން އުޅެނީ ރޯމެނީއަށް ނިސްބަތްވާ މީހެއް ކަމަށްވާ އޫލިއާ ވަންތޫރް އާއި ކަމަށް ހަބަރުތަށް ބުނެއެވެ. ނަމަވެސް އެކަމަށް ސަލްމާން މިހާތަނަށްވެސް އެބަހެއް ވެސް އަދި ދެބަހެއްވެސް ނުމެވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.