ބޮލީވުޑްގެ އެކްޓަރު އަރުޖުން ރާމްޕާލް އާއި އޭނާގެ ލޯބިވެރިޔާ ގެބްރިއެލާ ޑެމެޓްރިއޭޑްސް އަށް މި ވަނީ އަނެއްކައިވެސް މަރުހަބާ ކިޔަން ޖެހިފައިއެވެ.
މިދިއަ ހޮނިހިރު ދުވަހުގެ ހެނދުނު މޮޑެލް ވަނީ އޭނާގެ މެޓާނިޓީ ފޮޓޯޝޫޓްގެ ހިތްގައިމު ފޮޓޯތަށް ހިއްސާކޮށް ދެވަނަ ފަހަރަށް ބަނޑުބޮޑުކަން އިއުލާނުކޮށްފަ އެވެ. އޭނާގެ ޕޯސްޓުގެ ގިނަބަޔަކު ވަނީ ތަހުނިޔާ ކިޔައި ކޮމެންޓް ކޯށްފައިއެވެ. އޭގެތެރޭގައި ބޮލީވުޑްގެ ތަރިންވެސް ހިމެނެއެވެ.
އަރްޖުން ރާމްޕާލް އާއި ގެބްރިއެލާ ލޯބީގެ ގޮތުން ގުޅިގެން އުޅޭތާ މިހާރު އަހަރުތަކެއް ވެއްޖެ އެވެ. އެދެމީހުންގެ އަލަތު ދަރިފުޅު ލިބިފައިވަނީ 2019 ވަނަ އަހަރުގައިއެ ވެ. އެކުއްޖާގެ ނަމަކީ އާރިކްއެވެ. މީ ގެބްރިއަލްގެ ދެވަނަ ދަރިފުޅު ނަމަވެސް މީގެ ކުރިން ކުރި ކައިވެންޏަކަށް އަރުޖުން އަށް ވަނީ ދެ އަންހެން ކުދިން ލިބިފައިއެވެ.
ކޮމެންޓު ފޮނުވާ