އާރިޔާންގެ ފުރަތަމަ އުފެއްދުމަށް ކިޔަނީ "ސްޓާޑަމް"

އާރިޔާންގެ ފުރަތަމަ އުފެއްދުމަށް ކިޔަނީ "ސްޓާޑަމް"

Author
ފާތިމަތު ނާވީ
01 މެއި 2023 04:44
0

ބޮލީވުޑްގެ ސްޕަސްޓާރު ސަލްމާން ހާން ގެ ދޮށީ ފިރިހެން ދަރިފުޅު އާރިޔާން ހާން އަކީ ބޮލީވުޑްއަށް ތައާރަފްވާނީ ޑައިރެކްޓަރެއްގެ ގޮތުގައި ކަމަށް އިއުލާން ކުރީ މިއަހަރުގެ ކުރީކޮޅުގައިއެވެ.

އަދި ބައްޕަ ޝާހު އާއި ކޮއްކޮ ސުހާނާ ފަދައިން އެކްޓިންގެ ބަދަލުގައި އޭނާގެ މިސްރާބު ހުރީ ލިލުންތެރިކަމަށް ކަމަށް ޝާހު ވަނީ ބުނެފައިއެވެ. އަދި ވަރަށް އަވަހަށް އޭނާ ލިޔަމުން އަންނަ ސްކްރިޕްޓަ އަކަށް ވެބް ސީރީޒް އެއް އާރިޔާން ޑައިރެކްޓް ކުރާނެ ކަމަށްވެސް ހަބަރުތަށް ވަނީ ފެތުރިފައިއެވެ.

އެގޮތުން އޭނާ މިހާރު ލިޔަމުން އަންނަ ސްކްރިޕްޓައަށް ނަމެއް ލިބިފައިވާ ކަމަށް ފަހުގެ ހަބަރުތަށް އަންނަނީ ބުނަމުންނެވެ. އެ ވެބް ސީރީޒް ފެ ނަމަކީ "ސްޓާޑަމް" ކަމަށް ވެއެވެ.

 

View this post on Instagram

 

A post shared by Aryan Khan (@___aryan___)

ޕިންކްވިލާ އިން ބުނެފައިވާ ގޮތުގައި މި ސިލްސިލާގެ ނަމަކީ ސްޓާޑަމްއެވެ. އަދި އާރިޔާން އާއި ގުޅުން ހުރި ފަރާތަކާއި ހަވާލާދީ ބުނެފައިވަނީ  އާރިޔާންގެ މަސައްކަތް މިހާރު އޮތީ ޕްރޮޑަކްޝަން މަރުހަލާގައި ކަމަށެވެ. މީގެ ޕްރޮޑިއުސަރަކީ އޭނާގެ ބައްޕައެވެ. ސާހުގެ ރެޑް ޗިލީ އެންޓަޓައިންމެންޓެވެ.

 

View this post on Instagram

 

A post shared by Gauri Khan (@gaurikhan)

ރެޑް ޗިލީޒް އެންޓަޓެއިންމަންޓުން އަންނަނީ ޖޫން މަހުގެ 2 ވަނަ ދުވަހު "ޖަވާން" ރިލީޒްކުރުމަށް ތައްޔާރުވަމުންނެވެ. އެޓްލީ ޑައިރެކްޓްކުރާ މި ފިލްމުގައި ޝާހްރުކް ޚާން ލީޑް ރޯލުން ފެނިގެންދާއިރު ނަޔަންތާރާ އާއި ވިޖޭ ސެތުޕަތީ މުހިއްމު ރޯލުތަކުން ފެނިގެންދާނެ އެވެ.

ގިނަ ބަޔަކު އިންތިޒާރު ކުރަމުން އަންނަ މި އެކްޝަނުން ފުރިގެންވާ މި އެކްސްޓްރާވެންޖާގެ ޕްރޮމޯޝަނަލް ކެމްޕޭން ކުރިއަށް އޮތް މަދު ދުވަސްކޮޅެއްގެ ތެރޭގައި ފެށޭނެ ކަމަށް ބެލެވެ އެވެ. މިއާއި އެކުގައި ޝާހުގެ ކުރިއަށް އޮތް ފިލްމް، ރާޖްކުމާރު ހިރާނީ ޑައިރެކްޓްކޮށްފައިވާ "ޑުންކީ" ވެސް މި އަހަރުގެ ކްރިސްމަސް ގައި ރިލީޒް ކުރާނެ އެވެ.

އާރިޔަން ޚާން ދާދި ފަހުން ވަނީ އޭނާގެ ބްރޭންޑް "ޑައިވޮލްއެކްސް ސްޓޭ" ގެ އެޑްވާޓޯރިއަލް ކެމްޕެއިނެއްގައި ބައްޕަ ޝާހްރުކް ޚާނާ އެކު އިޝްތިހާރެއް ކުޅެފައިއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

ސ ސަލްމާންހާން
ހަބޭސް ހަބަރު.
A Aquaman
I'm really surprised Salman khan 🤣🤣🤣 still single he doesn't have a kid.
ކ ކަލޯ
ކަލޯ، އަދި ސަލްމާން ޙާން މީހަކާވެސް ނީންދޭ، އަދި ދަރިއެއްވެސް ނުހުރޭ އިނގޭ! ރަނގަޅު މައުލޫމާތު ހިއްސާ ކުރުން މުހިއްމު!