"ބަޅޭ އައްޗޭ ލަގްތޭ ހޭ 2″ ހުއްޓައިލަނީ

"ބަޅޭ އައްޗޭ ލަގްތޭ ހޭ 2″ ހުއްޓައިލަނީ

ސޮނީ ޓީވީން ގެނެސްދޭ ކާމިޔާބު ސިލްސިލާ "ބަޅޭ އައްޗޭ ލަގުތޭ ހޭ 2″ ހުއްޓައިލަން ނިންމައިފިއެވެ.

މި ޑްރާމާ ސިލްސިލާ ހުއްތައިލުމަށް ފަހު އޭގައި ކުރިން ލީޑް ރޯލު ކުޅުނު ދެ ތަރިން ކަމަށްވާ ނަކުލް މެހެތާ އާއި ދިޝާ ޕަރްމަރާ އެކީ އާ ސިލްސިލާއެއް ގެނެސްދޭން ތައްޔާރުވަމުން އަންނަ ކަމަށް ރިޕޯޓްތައް ވަނީ ބުނެފައިއެވެ.

މި ޑްރާމާ ހުއްޓައިލާ ވާހަކަތަށް ދައްކަމުން އަންނަ އިރުގައި މި ސިލްސިލާގެ ލީޑުން ފެނުން ދެތަރިން ކަމަށްވާ ދިޝާ އާއި ނަކުލް މި ޑްރާާމާއިން ވަކިވެފައި ވާއިރުގައި މިހާރު އައު ތަރިން ތަކާކާއި އެކުގައި މި ޑްރާމާ މިހާރު ގެނެސްދެމުން އަންނައިރުގައި ބެލުންތެރިންގެ ޝައުގު މިހާރު ވަނީ ގެއްލިފައިއެވެ.

އެ ދެތަރިން އެ ޑްރާމާއިން ވަކިވީ އުމުރުން މާ ދޮށީ ކުދިން ތަކެއް ގެ މަންމަ އާއި ބައްޕަގެ ރޯލު ކުޅެން ބޭނުން ނުވާތިއެވެ. އެ ދެތަރިންވެސް ދުވަސްވީ މީހުންގެ ރޯލުކުޅެން ބޭނުން ނުވާތީ ޑްރާމާއިން ވަކިވި ވި ނަމަވެސް ޑްރާމާ ކުރިއަށް ގެންދިއައެވެ.

އެ ސިލްސިލާގެ މިހާރު މައިގަނޑު ތަރިންނަކީ ފެބްރުއަރީ މަހުން ފެށިގެން ނިތީ ޓޭލާ އާއި ސަންދީޕް ރާއީ އެވެ. "ބަޅޭ އައްޗޭ ލަގްތޭ ހޭ" ގެ ނަމުގައި އެކްތާ ވަނީ މީގެ ކުރިންވެސް ޑްރާމާއެއް ގެނެސްދީފައެވެ. 2011 އިން 2014 އަށް ގެނެސްދިން މިޑްރާމާގައި ފެނިގެން ދިއައީ ސާކްޝީ ތަންވަރް އާއި ރާމް ކަޕުރެވެ. މިއީ ވަރަށް މަގުބޫލުވި ޑްރާމާއެކެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *