އައިސްޕްލާންޓްތައް ޤާއިމްކުރުމަށް މި ސަރުކާރުން ވެފައިވާ ވައުދުތައް ފުރިހަމަވެފައިވާ ކަމަށް ފިޝަރީޒް މިނިސްޓަރު ޑރ.ޙުސައިން ރަޝީދު ޙަސަން ވިދާޅުވެއްޖެ އެވެ.
ރައީސް އިބްރާހިމް މުހައްމަދު ޞާލިޙްގެ ސަރުކާރުން ވެފައިވާ ވައުދުގެ ދަށުން ބައެއް ރަށްރަށުގައި އައިސްޕްލާންޓް ޤާއިމްކޮށް ނިމި އަދި ބައެއް ރަށްރަށުގައި އައިސްޕްލާންޓް ޤާއިމްކުރުމުގެ މަސައްކަތް މިހާރުވެސް ކުރިއަށްދާކަމުގައި މިނިސްޓަ ވިދާޅުވިއެވެ.
މިނިސްޓަރ މިހެން ވިދާޅުވީ ފަސް ރަށެއްގައި ޤާއިމްކުރުމަށް ހަމަޖެހިފައިވާ 25 ޓަނުގެ އައިސްޕްލާންޓް ސަޕްލައިކޮށް އިންސްޓޯލް ކޮށްދިނުމުގެ މަސައްކަތް ފެނަކައާ ހަވާލުކުރަން މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަމުންނެވެ. މިނިސްޓަރުގެ ވާހަކަފުޅުގައި މި ސަރުކާރުން ވެފައިވާ ވައުދުތައް ފުއްދުމަށްޓަކައި މިނިސްޓްރީގެ ފަރާތުން ގަދައަޅައި މަސައްކަތް ކުރަމުންދާ ކަމަށެވެ.
އަދި މި ފަސް ރަށުގައި އައިސްޕްލާންޓް ޤާއިމު ކުރެވުމުން އައިސްޕްލާންޓް ޤާއިމްކުރުމަށް މި ސަރުކާރުން ވެފައިވާ ވައުދުތައް ފުރިހަމަވާނެ ކަމުގައިވެސް މިނިސްޓަރު ވިދާޅުވިއެވެ.
މިރަސްމިއްޔާތުގައި ފެނަކަ ކޯޕަރޭޝަންގެ ސީއީއޯ، އަޙްމަދު ސަޢީދު މުޙައްމަދު ދެއްކެވި ވާހަކަފުޅުގައި ވިދާޅުވީ ކަނޑައެޅިފައިވާ މުއްދަތުގައި އައިސްޕްލާންޓް ގާއިމް ކުރުމަށް ސޮއިކުރި މިފަސް ރަށުގައި އައިސްޕްލާންޓްތައް ކަނޑައެޅިފައިވާ މުއްދަތުގައި ޤާއިމްކޮށްދޭނެ ކަމުގެ ޔަޤީންކަން އެރަށްތަކުގެ މަސްވެރިންނަށާއި ރައްޔިތުންނަށް އަރުވާ ކަމަށް ވިދާޅުވި އެވެ. އަދި މިހާރުވެސް ފެނަކައާ ޙަވާލުކޮށްފައިވާ އައިސްޕްލާންޓްތައް، ޙަވާލުކުރި ފަހުން އެއްވެސް ކަހަލަ ބޮޑު މައްސަލައެއް ދިމާނުވެ އެ އައިސްޕްލާންޓްތަކުން މިވަގުތު އައިސް ލިބެމުންދާކަން ވަނީ ފަހަގަ ކުރައްވާފަ އެވެ.
އަދި އައިސް ޕަލާންޓަތަކުގެ ކެޕޭސިޓީ އިތުރުކުރުމަކީ ކޮންމެހެން މިއަދު ކުރަން ޖެހޭ ކަމެއްކަމަށާއި އެކަން ކުރުމަށްޓަކައި ކުރަން ޖެހޭ ކަންކަންވެސް ކުރަމުން އަންނަކަމަށް ސައީދު ވިދާޅުވިއެވެ.
އަލަށް އައިސްޕްލާންޓް ޤާއިމްކުރުރަން ހަވާލުކުރި ރަށްތަކަކީ ހއ.ދިއްދޫ، ގދ.ރަތަފަންދޫ، އއ.ރަސްދޫ، ދ.މީދޫ އަދި ލ. މާމެންދޫ އެވެ. މިއީ ސައުދީ ފަންޑުގެ އެހީގައި ރާއްޖޭގެ ޤާއިމްކުރާ ފަސް އައިސްޕްލާންޓެވެ.
މި ސަރުކާރުން މިހާތަނަށް ރާއްޖޭގެ 10 ސަރަހައްދެއްގައި ވަނީ އައިސް ޕްލާންޓް ޤާއިމުކޮށްފަ އެވެ.
One Response
ސާބަސް މިނިސްޓަރ! އަދިވެސް އެމްޑީޕީ ސަރުކާރެއް އައިސްފިނަމަ، ތިޔަ ފަދަ ގާބިލް މީހުންނަށް ކޮންމެ ޕާރޓީއެއްގައި ހުންނެވިޔަސް މަގާމް ލިބެން އެބަ ޖެހޭ! މަރުހަބާ!