ކ އަތޮޅުން ފެށިގެން ގދ އަތޮޅަށް ހުދު ސަމާލު ނެރެފިއެވެ.
މޫސުމާއި ބެހޭ ގައުމީ އިދާރާއިން ހާމަކޮށްފައިވާ ގޮތުގައި މިއަދު ހަވީރު 5 އިން ރޭގަނޑު 11 އާއި ހަމައަށް ކ އަތޮޅުން ފެށިގެން ގދ އަތޮޅަށް ގުގުރުމާއި އެކު ބޯކޮށް ވާރޭ ވެހޭނެކަމަށް ބުނެފައިވެއެވެ.
ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައިގައި ކުރިއަށް އޮތް ދުވަސްތަކުގައި ރާއްޖޭގެ ހުރިހާ ހިސާބަކަށްވެސް ދޭތެރެ ދޭތެރެއިން ބޯކޮށް ވާރޭވެހި ވައިގަދަވާނެކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން ބުނެފިއެވެ.
ވީމާ އާންމުކޮށް ހުރިހާ ފަރާތްތަކުންވެސް އަދި ވަކިން ޚާއްސަކޮށް ކަނޑުދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް މޫސުމާބެހޭ ޤައުމީ އިދާރާއިން ވަނީ އިލްތިމާސްކޮށްފައެވެ.