ފުލުހުންނާއި ސިފައިންގެ މުސާރަ ބޮޑުކުރައްވާނެކަމަށް ރައީސް ވިދާޅުވެއްޖެ

ފުލުހުންނާއި ސިފައިންގެ މުސާރަ ބޮޑުކުރައްވާނެކަމަށް ރައީސް ވިދާޅުވެއްޖެ

ގުޅުންހުރި

ދިވެހި ފުލުހުންނާއި ސިފައިންގެ މުސާރަ ބޮޑުކޮށްދެއްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިހް ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ދިވެހި ފުލުހުންގެ ޚިދުމަތަށް 90 އަހަރު ފުރުމާ ގުޅިގެން މިރޭ ބޭއްވި ޚާއްސަލ ޖަލްސާގައި ވާހަކަފުޅުދައްކަވަމުންނެވެ. މިޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ދައުލަތުގެ އެކިއެކި މުއައްސަސާތަކުގެ މުވައްޒަފުންނަށް ރަނގަޅު ގޮތްތައް ހަމަޖައްސައިދިނުމަކީ ދައުލަތް ހިންގުމުގެ ނިޒާމު ހަރުދަނާ ކުރުމަށް މުހިންމު ކަމެއްކަމަށެވެ. އެގޮތުން މި ސަރުކަރުން މުސާރައާއި ޢިނާތަތްތަކަށް ހެޔޮ ބަދަލު ގެނެސްފައިވާ ނދާއިރާތަކަށް ރައީސް އަލި އަޅުއްވައިލެއްވިއެވެ.

ރައީސް މިރޭ ވިދާޅުވީ ދިވެހި ފުލުހުންނާއި ސިފައިންގެ މުސާރައަށް ހެޔޮބަދަލުތަކެއް ގެނައުމުގެ މަސައްކަތް މިހާރު އަންނަނީ ކުރަމުންކަމަށެވެ. އެގޮތުން އެ މަސައްކަތް ޕޭ ކޮމިޝަނުން ކުރިއަށްގެންދާކަމަށް ރައީސް ވިދާޅުވިއެވެ. ޕޭ ހާމަނައިޒޭޝަންގެ މަސައްކަތުގެ ތެރެއިން، ދިވެހި ފުލުހުންނާއި ދިވެހި ސިފައިންގެ މުސާރައަށް ވެސް ހެޔޮ ބަދަލުތަކެއް ގެންނަވާނެކަމަށާ، އެކަމާ ބެހޭ ދިރާސާތައް ޕޭ ކޮމިޝަނުން މިހާރު އެއަންނަނީ ކުރަމުންކަމަށް ރައީސް ވިދާޅުވިއެވެ.

މިރޭގެ ޖަލްސާގައި ރައީސް ވަނީ ދިވެހި ފުލުހުންގެ ޚިދުމަތް ހަރުދަނާކުރައްވަން ސަރުކާރުން ކުރައްވާ ބައެއް މަސައްކަތްތަކަށް އަލިއަޅުއްވާލައްވާފައެވެ. އަދި ޒަމާނީ ވަސީލަތްތަކާއެކު ބޭރުގެ އެކިއެކި ދައުލަތްތަކާ ގުޅިގެން ދިވެހި ފުލުހުން މިއަދު މަސައްކަތްކުރަމުން އަންނަކަމަށާ، އިންޓަޕޯލްގެ ޑާޓާބޭސްއާ ރާއްޖޭގެ ފުލުހުންގެ ޚިދުމަތް ގުޅާލާފައިވާކަމަށާ، މިމަސައްކަތުގެ ތެރެއިން ރާއްޖޭގެ ވެށި އަމާންކުރުމަށް ބައިނަލް އަޤުވާމީ ފެންވަރުގައި މަސައްކަތްތަކެއް ފެށި ޒަމާނީ ނިޒާމެއް ޤާއިމުކުރެވިފައިވާކަމަށް ރައީސް ވިދާޅުވިއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ