ދެ ލޯންޗެއް ޖަހި ހިނގި އެކްސިޑެންޓެއްގައި ދިވެއްސަކު ނިޔާވެއްޖެ

ދެ ލޯންޗެއް ޖަހި ހިނގި އެކްސިޑެންޓެއްގައި ދިވެއްސަކު ނިޔާވެއްޖެ

Author
ހުސެއިން
29 އޭޕްރިލް 2023 07:08
0

ދެ ލޯންޗު ޖެހިގެން ހިނގި އެކްސިޑެންޓެއްގައި ދިވެއްސަކު ނިޔާވެއްޖެއެވެ.

ފުލުހުން ހާމަ ކޮށްފައިވާ ގޮތުގައި، ފޭދޫފިނޮޅު ކައިރުން މި ދެ ލޯންޗު ޖެހި އެކްސިޑެންޓް ހިނގާފައިވާކަމަށް ފުލުހުންނަށް ރިޕޯޓު ކޮށްފައިވަނީ މިއަދު ހަވީރު 16:42 ހާއިރުއެވެ. އަދި އެކްސިޑެންޓުގައި އަނިޔާވި 53 އަހަރުގެ މީހަކަށް އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާ ދެމުން ދަނިކޮށް އޭނާ ނިޔާވެފައިވާކަމަށް އެ ހޮސްޕިޓަލުން މައުލޫމާތު ދީފައިވާކަމަށްވެސް ފުލުހުން ހާމަކޮށްފައި ވެއެވެ.

މި އެކްސިޑެންޓާއި ގުޅޭގޮތުން ބަލަންޖެހޭ އިތުރު ކަންކަން ބަލަމުންދާކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ.

ތަފްސީލް އަންނަނީ..

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.