ރާއްޖެއަށް ލިބުނީ 47،000 އަކަ ކިލޯ މީޓަރުގެ ސަރަހައްދެއް: އޭޖީ އޮފީސް

ރާއްޖެއަށް ލިބުނީ 47،000 އަކަ ކިލޯ މީޓަރުގެ ސަރަހައްދެއް: އޭޖީ އޮފީސް

Author
ހުސެއިން
28 އޭޕްރިލް 2023 06:51
0

މޮރިޝަސްގެ ފަރާތުން ދިވެހިރާއްޖެއާއި ޗާގޮސްއާ ދެމެދު އޮތް ކަނޑުގެ ސަރަހައްދުގެ ތެެރއިން ފުށުއަރާ ސަރަހައްދާއި ގުޅޭގޮތުން ޔުނައިޓެޑް ނޭޝަންސް ކޮންވެންޝަން އޮން ދަ ލޯ އޮފް ދަ ސީ (މުޢާހަދާ)ގެ ދަށުން 23 އޮގަސްޓު 2019 ގައި ހުށަހެޅި މައްސަލާގައި މިއަދު އިންޓަރނޭޝަނަލް ޓްރައިބިއުނަލް ފޮރ ދަ ލޯ އިފް ދަ ސީ (ޓްރައިބިއުލަން) ކުރި ހުކުމުގައި، ދެގައުމުގެ މެރިޓައިމް ބައުންޑަރީގައި ފުށުއަރާ 92،563 އަކަ ކިލޯ މީޓަރުގެ ސަރަހައްދުން ރާއްޖެއަށް ލިބިފައިވަނީ 47،232 އަކަ ކިލޯ މީޓަރުގެ ސަރަހައްދެއް ކަމަށާއި، އަދި މޮރިޝަސްއަށް ދޭން ކޯޓުން ހުކުމް ކޮށްފައިވަނީ 45،331 ގެ ސަރަހައްދެއް ކަމުގައި އެޓަރނީ ޖެނެރަލް އޮފީހުން ވިދާޅުވެއްޖެއެވެ.

މިއަދު ހުކުމަށްފަހު އޭޖީ އޮފީހުން ނެރުނު ބަޔާނުގައި ވިދާޅުވެފައިވަނީ، ޓްރައިބިއުނަލްއިން މިގޮތަށް ނިންމާފައިވަނީ ދުވެހިރާއްޖެއިން ހުށަހެޅި ގޮތަށް ކަމުގައެވެ.

އެއީ، "ބެލްންހެމް ރީފް" ގައި ބޭސް ޕޮއިންޓް ނުހިމެނޭނެކަމަށް ކަނޑައަޅައިގެންނެވެ. އަދި އުތުރު ޗާގޮސް އައުޓަރ ކޮންޓިނެންޓަލް ޝެލްފް މޮރިޝަސްއަށް ހައްގުވާކަމަށް ސާބިތު ކޮށްދީފައި ނުވާތީ، މޮރިޝަސްއިން އެދިފައިވާ ގޮތަށް، ރާއްޖެއާއި މޮރިޝަސްއާ ދެމެދުގައިވާ އައުޓަރ ކޮންޓިނެންޓަލް ޝެލްފް ޑީލިމިޓް ނުކުރުމަށްވެސް ޓްރައިބިއުނަލްގެ ފަނޑިޔާރުންގެ އިއްތިފާގުން ވަނީ ނިންމާފައެވެ.

މިއަދުގެ ހުކުމާއި ގުޅޭގޮތުން އޭޖީ އޮފީހުން ނެރުނު ބަޔާނުގައި ވިދާޅުވެފައި ވެއެވެ.

އޭޖީ އޮފީހުގެ ބަޔާނުގައި އިތުރަށް ވިދާޅުވެފައިވަނީ، މިމައްސަލާގައި ޓްރައިބިއުނަލްއިން ދިވެހިރާއްޖޭގެ ބައިންޑަރީ ކަނޑައެޅުމުގެ ނަތީޖާއަކީ މުޢާހަދާގައި ބަޔާންކޮށްފައިވާ ހަމަތަކާ އެއްގޮތަށް ދިވެހިރާއްޖޭގެ ދެކުނުން ޚާއްސަ އިގްތިސާދީ ސަރަހައްދުގެ އައުޓަރ ލިމިޓް ކަނޑައެޅި، ދިވެހިރާއްޖެއަށް އެ ސަރަހައްދުގެ މައްޗަށް ސިޔާދަތީ ހައްގުތަށް ލިބި، ބައިނަލްއަގުވާމީ ގާނޫނީ ހަމަތަކުގެމަތިން ކަށަވަރުވުން ކަމުގައިވެސް ބަޔާނުގައި ވިދާޅުވެފައި ވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.