މުލި އެއާރޕޯޓްގެ އަލިފާން ނިއްވާ އިމާރާތުގެ 90% މަސައްކަތް ނިމި ރަންވޭގެ މަސައްކަތް ފެށިއްޖެ

މުލި އެއާރޕޯޓްގެ އަލިފާން ނިއްވާ އިމާރާތުގެ 90% މަސައްކަތް ނިމި ރަންވޭގެ މަސައްކަތް ފެށިއްޖެ

ގުޅުންހުރި

މ. މުލި އެއާޕޯޓްގެ ރަންވޭގެ އޭބިސީ މަސައްކަތް ފެށިގެން ކުރިއަށްދާކަމަށް އެ މަސައްކަތް ކުރަމުން އަންނަ އެމްޓީސީސީން ބުނެފިއެވެ.

އެމްޓީސީސީން ބުނެފައިވަނީ މީމު އެއަރޕޯރޓް ތަރައްޤީ ކުރުމުގެ މަޝްރޫއުގެ ދަށުން، ރަންވޭގެ އޭބީސީ މަސައްކަތްތައް 27 އޭޕްރީލް 2023 ވަނަ ދުވަހު ފަށާފައިވާ ކަމަށެވެ. އަދި އަލިފާން ނިއްވާ އިމާރާތުގެ 90 ޕަސެންޓް މަސައްކަތް ނިމިފައިވާ ކަމަށެވެ.

މި މަޝްރޫއުގެ ދަށުން، 14 ހެކްޓަރުގެ ބިން ހިއްކުމާއި، 1812 މީޓަރުގެ ސަރަޙައްދެއްގެ ގޮނޑުދޮށް ހިމާޔަތް ކުރުމާއި، 1200 މީޓަރު ދިގު 30 މީޓަރު ފުޅާ ރަންވޭއެއް ޤާއިމުކުރުމާއި، ޓެކްސީވޭއަކާއި އޭޕްރަންއެއް ހެދުމުގެ މަސައްކަތް ހިމެނެއެވެ.

މ. މުލި އެއާޕޯޓްގެ މަޝްރޫއަކީ 230.10 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ