ސިލްސިލާ ޑްރާމާ ތަކުން އާންމުގެ މެދުގައި ބޮޑު މަގުބޫލު ކަމެއް ހޯދި ބަތަލާ އެރިކާ ފެނާންޑޭޒް ހިންދީ ޑްރާމާތައް ކުޅެން ފޫހިވެއްޖެ ކަމަށް ބުނެފިއެވެ.
އިންޑިއާގެ ނޫހަކަށް ދިން އިންޓަވިއުއެއް ގައި އެރިކާ ބުނީ ޓީވީ ސިލްސިލާތަކުން މިހާރު ކަމުދާ ކަހަލަ ރޯލުތަކެއް ނުލިބޭ ކަމަށާއި އެހެންވެ މި ވަގުތަށް ސިލްސިލާތަކާ ދުރުގައި ހުންނަން ބޭނުންވާ ކަމަށެވެ. އެރިކާ މިހާރު އެޅެމުން އަންނަނީ ވެސް ދުބާއީގައިއެވެ.
ފިތުރު އީދު ދުވަހު އެމެޒޯން މިނީ ޓީވީން ޕްރީމިއާކުރި ކުރު ފިލްމު "ދަ ހޯންޓިން" ގެ ޕްރޮމޯޝަންގެ ތެރެއިން އީޓައިމްސް އަށް ދިން އިންޓަވިއުއެއްގައި ބުނީ މިހާރު ބޭނުން ވަނީ ހުނަރު އިތުރަށް ދައްކައިލެވޭ ފަދަ ރޯލެއް ކަމަށާއި އެހެންވެ އެފަދަ ރޯލެއްގެ އިތިޒާރުގައި ހުރި ކަމަށެވެ.
ނަމަވެސް ކުރިން ކުޅުން ކަހަލަ ރޯލުތަށް މިހާރުވެސް ލިބެމުން ދާކަމަށާއި އެކަމަކު އެކަހަލަ ރޯލެއް ކުޅެން އޭނާ ގެ ޝައުގު ނެއް ކަމަށްވެސް ވަނީ ބުނެފައިއެވެ. އަދި އެކަމުގެ ސަބަބުން އެކްޓަރެއްގެ ގޮތުގައި ހުނަރު ތަރައްގީކުރަން މަގުފަހި ނުވާ ކަމަށް ވެސް އޭނާ ވަނީ ބުނެފައިއެވެ.
އުމުރުން 29 އަހަރުގެ ބަތަލާގެ މަގުބޫލު ޑްރާމާ ތަކުގެ ތެރޭގައި ސްޓާ ޕްލަސް އިން ގެނެސްދިން "ކަސޯޓީ ޒިންދަގީ ކީ" އާއި ސޮނީ ޓީވީން ދެ ސީޒަނަކަށް ގެނެސްދިން "ކުޗް ރަންގް ޕިޔާރު ކޭ އެއިސޭ ބީ" ފާހަގަ ކޮށްލެވެއެވެ. މި ދެޑްރާމާގައިވެސް އޭނާ ފެނިގެން ދިއައީ ލީޑު ރޯލުންނެވެ. އަދި މި ޑްރާމާ އަކީވެސް ބެލުން ތެރިންގެ މެދުގައިގަި ވަރަށް މަގުބޫލު ވި ދެ ޑްރާމާއެވެ.
އެރިކާ ވަނީ ބައެއް ފިލްމުތަކުން ވެސް ފެނިގެން ގޮސްފައިއެވެ. އޭގެ ތެރޭގައި ހިންދީ، ތަމަޅަ، ތެލެގޫ އަދި ކަންނާޑާ ފިލްމުތަކުންވެސް އެރިކާ ވަނީ އޭނާގެ ހުންރު ދައްކައިލައިފައިއެވެ.