ފުރަތަމަ ކުއާރޓާގައި މަސްކިރާފައިވާ މިންވަރު 14 އިންސައްތަ ވަނީ ކުރިއަރާފަ: މިފްކޯ

ފުރަތަމަ ކުއާރޓާގައި މަސްކިރާފައިވާ މިންވަރު 14 އިންސައްތަ ވަނީ ކުރިއަރާފަ: މިފްކޯ

Author
އަޒްފާ ރަޝީދު
25 އޭޕްރިލް 2023 08:11
0

މިދިޔަ އަހަރާއި އަޅާ ބަލާއިރު، މިއަހަރުގެ ފުރަތަމަ ކުއާރޓާގައި މިފްކޯއަށް މަސްކިރާފައިވާ މިންވަރު 14 އިންސައްތަ އިތުރުވެފައިވާކަމަށް އެ ކުންފުނިން ބުނެފިއެވެ.

އެކުންފުނިން އާންމުކޮށްފައިވާ ތަފާސް ހިސާބަށް ބަލާއިރު މިއަހަރުގެ ޖެނުއަރީ މަހުން ފެށިގެން މިމަހުގެ 21 ވަނަ ދުވަހާއި ހަމައަށް، މިހާތަނަށް ޖުމްލަ 26،954 މެޓްރިކް ޓަނުގެ މަސް ވަނީ ކިރާފައެވެ. މިއީ މިދިޔަ އަހަރު މިމުއްދަތުގައި ކިރުވި މަހަށް ވުރެ 14 އިންސައްތަ އިތުރުވުމެއް ކަމަށް މިފްކޯއިން ބުނެއެވެ. މިދިޔަ އަހަރު މިމުއްދަތުގައި ކިރާފައިވަނީ 23،732 މެޓްރިކް ޓަނެވެ.

މިއާއެކު މިދިޔަ އަހަރުގެ މި މުއްދަތަށް ވުރެ މިއަހަރު މިމުއްދަތުގައި މަސްވެރިންނަށް ބަހާފައިވާ އާމްދަނީވެސް ވަނީ އިތުރުވެފައެވެ. އެގޮތުން އަހަރުގެ މިހާތަނަށް 446.7 މިލިއަން ރުފިޔާ ވަނީ ބަހާފައެވެ. މިދިޔަ އަހަރު މިމުއްދަތުގައި މަސްވެރިންނަށް ބަހާފައިވަނީ 380.6 މިލިއަން ރުފިޔާއެވެ.

އަހަރުގެ މިހާތަނަށް އެންމެ ގިނައިން މަސް ކިރުވާފައިވަނީ ކޫއްޑޫއަށެވެ. އެއީ 20،227 މެޓްރިކް ޓަނުގެ މަހެވެ. ފެލިވަރަށް 3577 މެޓްރިކް ޓަނު ކިރާފައިވާއިރު އައްޑޫ ފިޝަރީޒް ކޮމްޕްލެކްސްއަށް 3151 މެޓްރިކް ޓަނުގެ މަސް ވަނީ ކިރާފައެވެ.

މިއަހަރު ފެށިގެން މިދުވަސްރަކީ މަސްވެރިކަން ރަނގަޅު ދުވަސްވަރެއް ކަމަށް މިފްކޯއިން ބުނެއެވެ. އެގޮތުން ދުވާލެއްގެ މައްޗަށް 400 ޓަނުގެ މަސް ކިރުވަމުންދާ ކަން މިފްކޯއިން ވަނީ ފާހަގަކޮށްފައެވެ.

މިފްކޯގެ މަސް ކިރުވުމުގެ ސްޕީޑު ރަނގަޅުކޮށް ގިނައިން މަސްކިރުވުމަށް ދާދި ފަހުން އިތުރު ބޯޓެއްވެސް އެކުންފުނިން ވަނީ ގެނެސް މަސައްކަތަށް ނެރެފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.