ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު، މެންބަރަކު ޢައްޔަންކުރައްވައިފި އެވެ.
އެ ބޯޑަށް މިއަދު އައްޔަން ކުރެއްވީ އަލްއުސްތާޛާ ފާޠިމަތު ޝިރުވީން އެވެ.
ޝިރުވީން ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑުގެ މެންބަރަކަށް ޢައްޔަންކުރެއްވުމާ ހަމައަށް މަސައްކަތްކުރައްވަމުން ދިޔައީ ރާއްޖޭގެ އެޓަރނީ ޖެނެރަލްގެ އޮފީހުގެ ސްޓޭޓް ކައުންސިލްގެ ގޮތުގަ އެވެ. އަދި މިހާރުވެސް ޝިރުވީން އަކީ ފެމެލީ ލީގަލް ކްލިނިކް (އެންޖީއޯ) ގެ އެގްޒެކެޓިވް ކޮމިޓީ މެންބަރެކެވެ.
ޝިރުވީން އަކީ އިނގިރޭސިވިލާތުގެ ޔުނިވަރސިޓީ އޮފް ކެމްބްރިޖުން މާސްޓަރސް އޮފް ލޯ ޙާޞިލްކުރައްވާފައިވާ ބޭކަނބަލެކެވެ.
ކޮމެންޓު ފޮނުވާ