"ޔާރާ" މިހާރު ބައިސްކޯފުން ބަލައިލެވޭނެ

"ޔާރާ" މިހާރު ބައިސްކޯފުން ބަލައިލެވޭނެ

ބަތަލާ / ޑައިރެކްޓަރު އައިޝަތު ރިޝްމީ ރަމީރު ޑައިރެކްޓް ކޮށް އަދި މުހިންމު ރޯލެއްވެސް ކުޅެފައިވާ ވެބް ސީރީޒް "ޔާރާ"  ބައިސްކޯފަށް ދޫކޮށްލައިފި އެވެ.

ސްކްރީން ރައިޓަރު އަހްމަދު އިގްބާލު (އައިކިއު) ލިޔެފައިވާ ސްކްރިޕްޓަކަށް ބިނާކޮށް ރިޝްމީ ޑައިރެކްޓުކޮށްފައިވާ އެ ސީރީޒްގައި 90 އަށް ވުރެ ގިނަ މީހުން އުޅެ އެވެ. އަދި މައިގަނޑު ރޯލުތަކުން ވެސް ރާއްޖޭގައި ފާހަގަކޮށްލެވޭ 26 ފަންނާނުން ފެނެ އެވެ.

މި ސިރީޒް ދޫކޮށްލުމުގެ މާ ކުރިން ސޯޝަލް މީޑިއާގެ އެކި ޕްލެޓްފޯމް ތަކުގައި އަންނަނީ މީ ގެ ޕްރޮމޯޝަން ތަށް ކުރިއަށް ގެންދަމުންނެވެ. ރޭ ކުލަ ގަދަ ހަފްލާ އަކާއި އެކުގައި މި ސީރީޒް ޕްރިމިއާ ކޮށްފައި ވާއިރުގައި މުޅި ދިވެހި އިންޑަސްޓްރީ ކަހަލަ ގޮތަކަށް ވަނީ ބައިވެރި ވެފައިއެވެ.

ލޯތްބާއި، ހިތާމަ އަދި އުފަލާއި މަޖާ ގިނަ މަންޒަރުތަކެއް ދައްކުވައިދޭ މި ސީރީޒް އަކީ މަސްހުނި އިހުސާސްތަކުގެ މައްޗަށް ބިނާކޮށް ހަދައިފައިވާ އެއްޗެކެވެ. ހަތަރު ސީޒަނަކަށް ދެމިގެން މި ސިރީޒް ގިން ބަޔަކަށް ވަނީ ކަމުގޮސްފައިއެވެ.

"ޔާރާ" ގެ ކާސްޓްގައި ރިޝްމީގެ ކޮއްކޮ މަޝްހޫރު ބަތަލާ މަރިޔަމް އައްޒަ އާއި އައްޒަ އާއި އޭނާގެ ފިރިމީހާ އަބްދުﷲ މުއާޒް (މުއާ) ހިމެނެއެވެ. އަދި މީގެ ިއިތުރުން އައްޒަގެ ކުރީގެ ފިރިމީހާ އިސްމާއީލް ޖުމައިހް (ޖުމާ) ވެސް މި ބެވް ސީރީޒް ގެ މުހިންމު ރޯލަކުން ފެނިގެން ދާނެއެވެ. އަަދި އެމީހުންގެ މަންމަ  އައިޝަތު ރަޝީދާގެ އިތުރުން ރިޝްމީ ގެ ކުރީ ގެ ފިރިމީހާ އަހުމަދު އަޒްމީލް (އަޒޭ) އާއި އެކުގައިބޮޑު ކާސްޓެއް ހިމެނެ އެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *