ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވްވާ މީހުންގެ އަދަދު ދަށަށް ނުދާކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ އެޗްޕީއޭގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީން މިއަދު އާންމުކުރި ތަފާސްހިސާބުތަކުން ދައްކާ ގޮތުން މިދިޔަ ހަފުތާގައި އެކަނިވެސް އިތުރު 199 މީހަކު ކޮވިޑަށް ޕޮޒިޓިވްވެފައިވާކަމަށް ދައްކައެވެ. މީގެ ތެރެއިން މާލެ ސަރަޙައްދުން ކޮވިޑަށް 137 މީހަކު ޕޮޒިޓިވްވެފައިވާއިރު، އަތޮޅުތަކުގައި މީހުން ދިރިއުޅޭ ރަށްތަކުން 17 މީހުންނާއި، އެހެނިހެން ތަންތަނުން 45 މީހުން ކޯވިޑަށް ޕޮޒިޓިވްވެފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީން ތަފާސް ހިސާބުތަކުން ދައްކައެވެ.
އެޗްޕީއޭއިން ވިދާޅުވީ ހޮސޕްިޓަލުގައި އެޑްމިޓްކޮށްގެން މިހާރުވެސް 35 މީހަކަށް ފަރުވާދެއްވަމުން އަންނަކަމަށެވެ.
އެ އެޖެންސީގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުން ކޮވިޑުގެ ކޭސްތައް އިތުރުވާން ފެށީ މިދިޔަ މާޗުމަހުން ފެށިގެންނެވެ.
ރާއްޖެއިން މިހާތަނަށް 186241 މީހަކު ވަނީ މި ބައްޔަށް ޕޮޒިޓިވްވެފައެވެ. އަދި މި ބަލީގައި 313 މީހަކު ވަނީ މަރުވެފައެވެ.
ކޮމެންޓު ފޮނުވާ