ފެނަކައިގެ ތެރޭގައި ހިންގާފައިވާ ބޮޑު ކޮރަޕްޝަން: ކޮރަޕްޝަން ހިންގި މުވައްޒަފުން އަދިވެސް ވަޒިފާގައި!

ފެނަކައިގެ ތެރޭގައި ހިންގާފައިވާ ބޮޑު ކޮރަޕްޝަން: ކޮރަޕްޝަން ހިންގި މުވައްޒަފުން އަދިވެސް ވަޒިފާގައި!

Author
ހުސެއިން
23 އޭޕްރިލް 2023 07:07
0

ފެނަކަ ކުންފުނީގެ ޕްރޮޖެކްޓްސް ޑިޕާޓްމަންޓުން އިންހައުސްކޮށް ހިންގަމުންދާ ޕްރޮޖެކްޓް ސައިޓުތަކުގައި ކުރަމުންދާ މަސައްކަތްތަކާއި ގުޅިގެން އެސައިޓްތަކަށް ވަގުތުން ވަގުތަށް ހޯދާންޖެހޭ މުދަލާއި ޚިދުމަތް ހޯދުމަށް ދޫކުރަކުންދާ ޕެޓީ ކޭޝްގެ ބޭނުންކޮށްގެން، ހިންގި ބޮޑު ކޮރަޕްޝަނެއް ފަޅާ އަރާ، އަދި މި ކޮރްޕަޝަންގެ އަމަލު ހިންގި ގޮތުގެ ރިޕޯޓެއް އެކުލަވާލާ ފެނަކަ ކުންފުނީގެ އެމްޑީ އަހުމަދު ސައީދަށް ހުށަހަޅާފައިވި ނަމަވެސް، މި މުވައްޒަފުންނާމެދު މިހާތަނަށް އެއްވެސް ފިޔަވަޅެއް އަޅާފައި ނުވާކަން ހާމަ ވެއްޖެއެވެ.

ފެނަކައިގެ ދެ މުވައްޒަފަކާއި އަދި އަންހެން މުވައްޒަފަކު ހިމެނޭގޮތުން، އެކި ރަށްރަށުގައި ހިންގާ ޕްރޮޖެކްޓުތަކަށް ދޫކުރުމަށް ހަމަޖައްފާއި ހުންނަ ޕެޓީ ކޭޝްއިން، ދެ މުވައްޒަފެއްގެ އަމިއްލަ އެކައުންޓަށް ބޮޑެތި އަދަދުތަކުން ފައިސާ ޖަމާކޮށް، އަދި އޭގެ އިތުރުން ފޭކް ބިލްތައް ހަދާ ތައްޔާރުކޮށް، ޕެޓީ ކޭޝް ދޫކުރުމަށް ފެނަކަ ކުންފުނީގެ ޕްރޮޖެކްޓްސް ޑިޕާޓްމަންޓުގައި ޕެޓީ ކޭޝް ދޫކުރުމަށް ހަވާލުކޮށްފައި ހުންނަ މުވަޒަފަށް ބިލްތައް ފޮނުވައިގެން އަމިއްލަ އެކައުންޓަށް ޖަމާކޮށް ބޮޑެތި އަދަދުތަކުން ޚިޔާނާތްތެރި ވެފައިވާކަން ހާމަވެފައިވަނީ، މިޚިޔާނާތް ހިންގި ގޮތް ތަހުގީގުކޮށް، ޕްރޮޖެޓް ސެކްޝަން ހިންގުމާއި ހަވާލުވެ ހުންނެވި، ޑިރެކްޓަރ އިލްޔާސް ރަޝީދު ފެނަކަ ކޯޕަރޭޝަންގެ އެމްޑީ އަހުމަދު ސައީދަށް ފޮނުއްވާފައި ރިޕޯޓުންނެވެ.

ފެނަލް ކޯޕަރެޝަންގައި އެތައް ރަށެއްގައި ހިންގަމުންދާ ބޮޑެތި ޕްރޮޖެކްޓުތަކަށް ދޫކުރުމަށް ހަމަޖައްސާފައި ހުންނަ ޕެޓީކޭޝްއިން ބޮޑެތި އަދަދުތަކުން ފައިސާ ދެ ފިރިހެން މުވައްޒަފަކު އަމިއްލަ ޚަރަދުތަކަށާއި އަދި ފޭކް ބިލްތައް ހަދައިގެން ނަގާފައިވާކަމަށް މި ރިޕޯޓަށް މައުލޫމާތު ދީފައިވަނީ، ފައިސާ ދޫކުރި އަންހެން މުވައްޒަފު ކަމަށްވާ، އެކުންފުނީގެ އެސިޓަންޓް މެނޭޖަރ ކަމަށްވާ ނާފިޢާ އަހުމަދު އެވެ.

"ޚަބަރު އޮންލައިން"އަށް ކޮޕީ ލިބިފައިވާ މި ރިޕޯޓުގައި އިސްވެ ދެންނެވު މުވައްޒަފުން ސޮއިކޮށް ފިންގަ ޕްރިންޓް ޖަހާފައިވާއިރު، ރިޕޯޓުގައި ވަނީ، ވަޓްސްއަޕް މެދުވެރިކޮށް ފައިސާގެ މުއާމަލާތް ކުރި މެސެޖްތަކުގެ ސްކުރީން ޝޮޓްތައް ހިމަނާ، އަދި އޭގެ އިތުރުން ފެނަކައިގެ ޕެޓީ ކޭޝްއިން ފައިސާ ނެގުމަށް ހުށަހަޅާފައިވާ ބިލްތަކުގެ ތަފްސީލްތައްވެސް ހިމަނާފައެވެ.

ރިޕޯޓުގައި ސޮއިކޮށް ފެނަކަ އެމްޑީ އަހުމަދު ސައީދަށް ރިޕޯޓު ފޮނުވަމުން ޕްރޮޖެކްޓްސް ހިންގުމާއި ހަވާލުވެ ހުންނެވި ޑިރެކްޓަރ އިލްޔާސް ރަޝީދު ލިޔުއްވާފައިވަނީ، "މިއ ދައުލަތާއި އަދި ކުންފުނީގެ ފައިސާއިން ކޮށްފައިވާ ބޮޑު ޚިޔާނާތަކަށް ވާތީއާއި، މިފަދަ އަމަލުތަކެއް ހިންގި މުވައްޒަފުންނަށް ކުންފުނީގެ އުސޫލުތަކާއި އެއްގޮތަށް ފިޔަވަޅު އެޅުމަށާއި، މިފަދަ އަމަލުތައް ހުއްޓުވުމަށާއި އަދި އިތުރަށް އެއްވެސް މުވައްޒަފެއްގެ ފަރާތުން މިފަދަ އަމަލެއް ހިނގިޔަ ނުދިނުމަށްޓަކާ، މިކަން ހިނގާފައިވާ ގޮތް އަންގައިދިނުމުގެ ގޮތުން އިސްވެ ދެންނެވުނު ގޮތަށް އަޅުގަޑަށް ލިބިފައިވާ މަޢުލޫމާތުގެ އަލީގައި މިއީ އަޅުގަޑު ތައްޔާރު ކުރި ރިޕޯޓެއް” ކަމަށެވެ.

އަދި މި ރިޕޯޓުގައި އިލްޔާސް ރަޝީދުވަނީ، މި ރިޕޯޓުގައި ތަފްސީލުކޮށް ބަޔާން ކޮށްފައިވާ، ފެނަކައިގެން ދެ މުވައްޒަފުން ކަމުގައިވާ، ހެޑް އޮފީހުގެ ޕްރޮޖެކްޓްސް ޑިޕާރޓްމަންޓުގެ ޑެޕިއުޓީ ޑައިރެކްޓަރ އަހުމަދު ސާތިޝްއާއި ސީނިއަރ އިންޖިނިއަރ މުހައްމަދު އާސިދު ނަމަކަށް ކިޔާ ދެމުއައްޒަފުންނާ ދެމެދު ފިޔަވަޅު އަޅުއްވައި ދެއްވުމަށް ފެނަކަ އެމްޑީ ސައީދުގެ އަރިހުން އެދިފައެވެ.

ރިޕޯޓު ތައްޔާރުކޮށް, ސޮއިކޮށް ސައީދަށް ހުށަހަޅުއްވާފައިވަނީ ކުންފުނީގެ ޕްރޮޖެކްޓް ހެޑް އިލްޔާސް ރަޝީދު

 

ދެ މުވައްޒަފަހު ހިންގާފައިވާ ކޮރަޕްޝަންގެ ގިނަގުނަ ތަފްސީލްތަކެއް!

މިމަހުގެ 16 ވަނަ ދުވަހު ފެނަކަ އެމްޑީ ސައީދަށް އެޑްރެސްކޮށް ފޮނުވާފައިވާ މި ރިޕޯޓުގައި ވާގޮތުން، ފެނަކައިން އިންހައުސްކޮށް ހިންގަމުންދާ ޕްރޮޖެކްޓްތަަކަށް ދޫކުރުމަށް ހަމަޖައްސާފައިވާ ޕެޓީކޭޝް ފައިސާއިން، ރިޕޯޓުގައި ފާހަގަ ކޮށްފައިވާ ދެ މުވައްޒަފުންގެ އަމިއްލަ ބޭނުންތަކަށާއި އަދި އޭގެ އިތުރުން ފޭކް ބިލްތައް ހަދައިގެން އެކި ފަހަރުމަތިން އެކި އަދަދުތަކުން ވަނީ ފައިސާ ނަގާފައެވެ.

މިގޮތުން ރިޕޯޓަށް މައުލޫމާތު ދިން، ކުންފުނީގެ އެސިސްޓަންޓް މެނޭޖަރު ނާފިއާ އަހުމަދު ކިޔައިދީފައިވާ ގޮތުގައި، އިސްވެ ދެންނެވުނު މުވައްޒަފުން "ކުންފުނީގެ ޕެޓީ ކޭޝް ނަހަމަ ގޮތުގައި" ބޭނުން ކުރަމުން ދަނީ ފާއިތުވެދިޔަ އަަހަރު މޭ އަދި ޖޫން މަހުން ފެށިގެންނެވެ.

އަދި ދެ މުވައްޒަފުން ކުންފުނީގެ ފައިސާއަށް އެއްވެސް ޖެހިލުމެއް ނެތި ޚިޔާނާތްތެރި ވަމުން ގޮސްފައިވަނީ ދެ މުވައްޒަފުންނަކީވެސް ކުންފުނީގެ އިސްވެރިންނާއި ގުޅުން އޮތް މުވައްޒަފުންނަށް ވުމުގެ އިތުރުން، މިއީ ކުންފުނީގެ އިސްވެރިންނަށް އެގިގެން ހިންގަމުން އައިސްފައިވާ ބޮޑު ކޮރަޕްޝަނެއްކަންވެސް މި ރިޕޯޓުގައި ފާހަގަ ކޮށްފައި ވެއެވެ.

މިކަން ކުރަމުންދަނީ އެ 02 މުވައްޒަފުންނަކީ ކުންފުނީގެ އިސްވެރިންނާއި ގާތް ގުޅުން އޮންނަ، ނުފޫޒާއި ބާރުގަދަ މުވައްޒަފުން ކަމަށާއި، އަދި މިކަމަކީ ކުންފުނީގެ އިސްވެރިންނަށްވެސް އެގިގެން ކުރަމުންދާ ކަމެއް ސައިޓްތަކުގައި ތިބޭ މުވައްޒަފުންނަށް ދައްކައިގެން ވަރަށް ބޮޑަށް ރޭވިގެން ކަމުގައެވެ.

ފެނަކައިގެ އެތެރޭގައި ހިންގާފައިވާ މި ކޮރަޕްޝަން ތަހުގީގު ކުރުމަށްފަހު، ދެ މުވައްޒަފަކަށް ފައިސާ ދޫކުރަމުންދިޔަ އަންހެން މުވައްޒަފު ދީފައިވާ ސައްޙަ މައުލޫމާތުގެ މައްޗަށް ބަޔާންކޮށް ތައްޔާރު ކޮށްފައިވާ މި ރިޕޯޓުގައި ބަޔާން ކޮށްފައި ވެއެވެ.

މި ކޮރަޕްޝަނާއި ގުޅުން ހުރި މައުލޫމާތު، މި ރިޕޯޓަށް ދެއްވަމުން، ކުންފުނީގެ ކުންފުނީގެ އެސިސްޓަންޓް މެނޭޖަރު ނާފިއާ އަހުމަދު ވިދާޅުވެފައިވަނީ، "ޕެޓީ ކޭޝް ފައިސާ ނަހަމަ ގޮތުގައި (މައިގަޑު ގޮތުގައި މުދަލާއި ޚިދުމަތުގެ އެކި ނަންނަމުގައި ފޭކް ބިލްތައް ހަދައިގެން) ވައްކަން ކުރަމުން ގޮސްފައިވަނީ ނުވަތަ ނަހަމަ ގޮތުގައި ފައިސާ ނަގަމުން ގޮސްފައިވަނީ ހެޑް އޮފީހުގެ ޕްރޮޖެކްޓްސް ޑިޕާޓްމަންޓުގެ ޒިންމަދާރު މަގާމްގައި ތިބި 2 މުވައްޒަފަކު (ޑެޕިއުޓީ ޑައިރެކްޓަރ އަހުމަދު ސާތިޝް ސައީދުއާއި ސީނިއަރ އިންޖިނިއަރ މުހައްމަދު އާސިދު) އަތޮޅު ތެރޭގެ އިންހައުސް ޕްރޮޖެކްޓް ސައިޓުތަކުގައި ތިބޭ މުވައްޒަފުންނާއި ގުޅިގެން ކަމުގައެވެ.

މިގޮތުން ރިޕޯޓުގައި ވާގޮތުން، އިސްވެ ދެންނެވުނު ދެ މުވައްޒަފުން ގެންދިޔައީ އެކި ފަހަރުމަތިން އަމިއްލަ ޚަރަދުތައް ކުރުމަށްފަހު ޕެޓީ ކޭޝް ފައިސާގެ ތެރެއަށް ފޭކު ބިލްތައް ލުމަށްފަހު ފައިސާ ދެއްކުމަށް، ޕެޓީ ކޭޝްއާއި ހަވާލުވެ ހުންނެވި އަންހެން މުވައްޒަފު ކައިރީ ބުނަމުންނެވެ. އަދި މި ބިލްތަކަށް، ޕެޓީ ކޭޝްއާއި ހަވާލުވެ ހުންނެވި އަންހެން މުވައްޒަފު ފައިސާ ޓްރާންސްފަރ ކޮށްފައިވަނީ އިސްވެ ދެންނެވުނު މުވައްޒަފުންގެ އެކައުންޓުތަކަށް ކަންވެސް ވަރަށް ރަގަޅަށް އެގެން ހުރެއެވެ.

މިގޮތުން ތިރީގައި މިވަނީ، ޕެޓީ ކޭޝްއިން އޮޅުވާލައިގެން ފައިސާ ނަގާފައިވާކަމަށް އިސްވެ ދެންނެވުނު ރިޕޯޓުގައި ހިމަނާފައިވާ ތަފްސީލްތަކާއި ގުޅުންހުރި ބައެއް މައުލޫމާތެވެ.

ފެނަކައިން އިސްދޫ ކަލައިދޫގައި ހިންގަމުންދާ ޕްރޮޖެކްޓުގެ ޕެޓީ ކޭޝްއިން ނަހަމަ ގޮތުގައި ފައިސާ ބޭނުން ކުރަމުން ދާކަމުގެ މައުލޫމާތު
ފެނަކައިން ހިންގަމުންދާ ތ. ވޭމަންޑޫ ޕަވަރ ހައުސް މަޝްރޫއުގެ ޕެޓީ ކޭޝްއިން ފައިސާ ނަހަމަ ގޮތުގައި ބޭނުން ކުރަމުން ދާކަމުގެ މައުލޫމާތު
އައްޑޫ ސިޓީގައި ފެނަކައިން ކުރިޔަށް ގެންދާ ޕްރޮޖެކްޓުގެ ޕެޓީ ކޭޝްއިން ނަހަމަ ގޮތުގައި ބޮޑެތި އަދަދުތަކުން ފައިސާ ބޭނުން ކޮށްފައިވާކަމުގެ މައުލޫމާތު
މުވައްޒަފުގެ އަމިއްލަ އެކައުންޓަށް ފައިސާ ޓްރާންސްފަރ ކޮށްފައިވާކަމަށް ބުނާ މުއާމަލާތުގެ ސްކްރީން ޝޮޓެއް
އަމިއްލަ ބައެއް ޚަރަދުތަކަށް މުވައްޒަފުގެ އަމިއްލަ އެކައުންޓަށް ޓްރާސްފައި ކޮށްފައިވާކަމަށް ބުނާ ތަފްސލުތަކުގެ ސްކްރީން ޝޮޓެއް

ފައިސާ ނެގުމަށް ކުންފުނީގެ ޕެޓީ ކޭޝްއަށް ލާފައިވާކަމަށް ބުނާ ބައެއް ފޭކް ބިލްތައް
ފައިސާ ނެގުމަށް ކުންފުނީގެ ޕެޓީ ކޭޝްއަށް ލާފައިވާކަމަށް ބުނާ ބައެއް ފޭކް ބިލްތައް

ރިޕޯޓުގައި ބަޔާން ކޮށްފައިވާ ގޮތުން، މި ގޮތަށް ދޫކުރާ ފައިސާ އެ މުވައްޒަފުންގެ އަމިއްލަ އެކައުންޓަށް ޖަމާ ނުކޮށް، ނަގުދު ފައިސާ ނެގުމަށްފަހު ދިނުމަށްވެސް ޚިޔާތްވި ކަމަށް ރިޕޯޓުގައި ބަޔާން ކޮށްފައިވާ ދެމުވައްޒަފުންގެ ތެރެއިން އެއް މުވައްޒަފަަކު ފަހުންވަނީ އެދިފައެވެ.

އަދި ރިޕޯޓުގައި ވާގޮތުން، މިމައުލޫމާތު ހާމަކޮށްފައިވާ، ޕެޓީ ކޭޝްއިން ބޮޑެތި އަދަދުތަކުން ފައިސާ ދޫކުރަމުންދިޔަ އަންހެން މުވައްޒަފަކީ ޑިޕްރެޝަން އަދި އެންޒައިޓީއަށް ބޭސްކުރަމުންދާ މުވަޒަފެއް ކަމަށާއި، ފައިސާއިން ޚިޔާނާތްތެރިވި މުވައްޒަފުން އޭނާ މެދުވެރިކޮށް ފައިސާ ނެގުން "ހައްދުން ނެއްޓިގެން" ދިއުމުން އަންހެން މުވައްޒަފު އެކަމާ ވިސްނާ ފިކުރު ބޮޑުވެ، ނުނިދުމުގެ ސަބަބުން ޑޮކްޓަރަށް ދައްކާ، ބޭހުގެ ޑޯސޭޖް މަތިކުރި ހިސާބަށްވެސް ގޮސްފައި ވެއެވެ.

މިގޮތުން ނާފިޢާ އަހުމަދު ފިރިމީހާއާއި މިވާހަކަތައް ހިއްސާ ކުރުމަށްފަހު ފިރިމީހާގެ ލަފަޔާއެކު އަހުމަދު ސާތިޝް ސައީދު އަދި މުހައްމަދު އާސިދު ޕެޓީ ކޭޝްއިން ކުރަމުންދާ ވައްކަމުގެ ތަފްސީލް ޑިޕާޓްމަންޓުގެ ހެޑް އިލްޔާސް ރަޝީދުއާއި ހިއްސާކުރުމަށް ބޭނުންވީ ކަމުގައެވެ.

ފެނަކާގައި ހިންގާފައިވާ ކޮރަޕްޝަންގެ ތަފްސީލުތައް ކުންފުނީގެ އިސް ވެރިންނާއި ހިއްސާކުރުމަށް މުވައްޒަފު ބޭނުންވި ސަބަބުގެ ގޮތުގައި ރިޕޯޓުގައި ފާހަގަ ކޮށްފައި ވެއެވެ.

އަދި މި ރިޕޯޓުގައިވަނީ، މައިގަޑުކޮށް ފޭކް އިންވޮއިސް ތައްޔާރު ކޮށްގެން ޕެޓީ ކޭޝްއިން ފައިސާ ނެގުމަށް، ބޭނުންކޮށްފައިވާ ފިހާރަތަކުގެ ލިސްޓެއްވެސް ހިމަނާފައި ވެއެވެ.

 

ކޮރަޕްޝަންގެ މުއާމަލާތް ފެނަކް އެމްޑީ ސައީދުއަށް އެނގޭކަމުގެ ތުހުމަތު!

ފެނަކައިގެ ތެރޭގައި ހިންގާފައިވާ ކޮރަޕްޝަންގެ ތުހުމަތު ކުރެވޭ އެއް މުއްޒަފަކު، ޕެޓީ ކޭޝް ދޫކުރުމަށް އިސްކޮށް ހުންނަ މުވައްޒަފާއި ދައްކާފައިވާކަމަށް ބުނާ ވާހަކަތަކުގައި އެމްޑީ ސައީދު ހުރީ އެ މުވައްޒަފުންނާ އެކީކަމަށް ބުނެފައި ވެއެވެ. އަދި މި ކޮރަޕްޝަންގެ ވާހަކަ، ޕްރޮޖެކްޓްސް ހެޑް އިލްޔާސް ރަޝީދު އެމްޑީ ސައީދުއަށް ދެންނެވުމުން، "އިލްޔާސް އެކަން ކަމަކަށް ހެދުމުން ރިކެއްޓް ކޮށްލީކަމަށް" ސައީދު ކޮރަޕްޝަން ހިންގާފައިވާ މުވައްޒަފުގެ ގާތުގައި ބުނެފައިވާކަމަށް ބުނެފައި ވެއެވެ.

އެމްޑީ ބުނީ އިލްޔާސް ކަމަކަށް ހެދީމަ ރިއެކްޓް ކޮށްލީއޯ.. އާސިދު ވަރަށް ވާހަކަ ދެއްކިން އެމްޑީއާ.. އިންޑިރެކްޓުކޮށް އެމްޑީ ހުރީ އަހަރުންނާ އެއްކޮށް. އެމްޑީ ކައިރީ އާސިދު ބުނީ އެމްޑީ އަންގައިގެންނޭ މިގޮތަށް ކަންކަން ކުރީ.. އެމްޑީ ބުނީ އެނގެޔޯ..

ފައިސާގެ މުއާމަލާތްތައް ހިންގާފައިވާ ގޮތްކަމަށް ބުނެ، ކުންފުނީގެ ގަވާއިދާ ޚިލާފަށް ހިންގާފައިވާ މި ފައިސާގެ މުއާމަލާތުގައި ހިމެނޭ އެއް މުވައްޒަފު، ޕެޓީ ކޭޝްއާއި ހަވާލުވެ ހުރި އަންހެން މުވައްޒަފާއި ދައްކާފައިވާ ވާހަކަތަކުގައި ބުނެފައި ވެއެވެ.

ހުރިހާ މުއާމަލާތެއްވެސް ހިނގާފައިވަނީ ފެނަކަ އެމްޑީ ސައީދު ވިދާޅުވެފައިވާ ގޮތަށް ކަމަށްބުނެ ދައްކާފައިވާ ފާހަތަކުގެ ތެރެއިން ރިޕޯޓުގައި ހިމަނާފައިވާ ބައެއް މުއާމަލާތްތަކުގެ ސްކްރީން ޝޮޓެއް

ޚަބަރު އޮންލައިނަށް މައުލޫމާތު ލިބިފައިވާ ގޮތުގައި، ފެނަކައިގެ ތެރޭގައި ހިންގާފައިވާ މި ކޮރަޕްޝަނާއި ގުޅުން ހުރި ދެމުވައްޒަފުންގެ ތެރެއިން އެއް މުވައްޒަފަކު، މިކަން ކުންފުނީގެ ތެރޭގައި އާންމު ވުމާއެކު، މިހާރު ވާނީ އެމްޑީ ސައީދުގެ އުފަން ރަށް ކަމަށްވާ ގދ. ވާދޫގައި ހިންގަމުންދާ ޕަވަރ ހައުސް ޕްރޮޖެކްޓްގެ ކަންތައްތައް ބެލެހެއްޓުމުގެ ނަމުގައި އެރަށުގައި ބަހައްޓާފައެވެ. އަދި މިމައްސަލަ ތިލަ ވުމާއެކު، ޕެޓީ ކޭޝްގެ ކަންކަން ސީދާ ފައިނޭންސް ޑިޕާޓްމަންޓުން ބަލަހައްޓާ ގޮތަށް ހަމަޖައްސާފައިވި ނަމަވެސް، މި ބޮޑު ޚިޔާނާތުގައި ބައިވެރިވި ދެމުވައްޒަފުންތައް އަދިވެސް ތިބީ ފެނަކައިގެން ވަޒީފާގައެވެ.

ފެނަކަ ކުންފުންޏަކީ ރައީސް ސާލިހުގެ ދައުރުގައި ކޮރަޕްޝަންގެ އެންމެ ބޮޑެތި ތުހުމަތު ކުރެވެމުންދާ އެއް ކުންފުންޏެވެ. އަދި އެކުންފުނީގެ އެމްޑީ ސައީދުއާއި ގުޅުންހުރި، ކޮރަޕްޝަނަށް ތުހުމަތު ކުރެވޭ ގިނަ މައްސަލަތަކެއް މިހާރުވެސް އޭސީސީގައި ދަނީ ކުރިއަށެވެ. ހަމައެއާއެކު އެކުންފުނިން ރާއްޖޭގެ ކުދި އަދި މެދުފަންތީގެ ގިނަ ކުންފުނިތަކަށް ދައްކާންޖެހޭ ފައިސާގެ އަދަދު 3 ބިލިއަނާއި ގާތްކުރާއިރު، މި ފައިސާ ނުލިބިގެން ފާއިތުވެދިޔަ ތަނުގައި މި ކުންފުންޏާއި ދެކޮޅަށް ބައެއް ވިޔަފާރިވެރިން މުޒާހިރާވެސް ކޮށްފައި ވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

މ މާގޮަަަޑްރަހާ
ވައްކަން ކޮށްފައި ފޭކް ދޯ؟؟؟
އ އަހޫ
ނާފިޔާގެ މައްސަލައެއް ބަލަން ފެށުމުން އެހެން މީހުން ބޮލުގައި ވައްކަމުގެ ދޮގު ތުހުމަތު އަޅުވައި އިލްޔާސް އަމިއްލައަށް ލިޔެ ތައްޔާރުކުރި ރިޕޯޓެއް. މި ރިޕޯޓުގައި ފޭކް ބިލްތަކަކަށް ފައިސާ ނެގިކަމަށް ބުނާއިރު ބިލްތައް ފޭކުވިގޮތެއް ނެތް ބުނެދެވިފައި. ތިހެން އަހަރުމެންނަށްވެސް އަމިއްލައަށް ރިޕޯޓުތައް ލިޔެވިދާނެ ބަޔަކު ދައްކާފައިހުރި ވާހަކަތަކުގެ ތަންތަންކޮޅު ސްކްރީންޝޮޓް ނަގައިގެން.
ކ ކުރީގެ އޯއެސްޑީ ސްޓާފެއް
ފެނަކަތެރެއިން އެއްޗެއް ލީކްވުމަކީ ނާދިރު ކަމެކެވެ. މިފަހަރު ތިޔަކަމެއް ތިޔަވީ އިލްޔާސްގެ ތެދުވެރިކަމުންނެވެ. އަސްލަކީ ސައީދު ރާއްޖޭގައި ތިބި ހުރިހާ ނަން މަޝްހޫރު މޮޅެތި މީހުން އައިޓީއަށް ބޮޑެތި މުސާރަދީ ވައްދައިގެން ތިޔަތަން އެމެރިކާގެ ވައިޓް ހައުސްއާއި އެއްވަރަށް ސެކިއުރިޓީ ކުރެއެވެ. ތިޔަތާގައި ތިބޭ އައިޓީ މީހުންނަކީ މީހުންނާ މޫނުވެސް ދިމާ ނުކުރާ ވިއަރޑް ބައެކެވެ. އަދި އެއިން މީހަކު ކުރާކަމެެއް ސައީދު ނޫން މީހަކަށް ނުވެސްއެނގެއެވެ. އަދި އެހެން ޑިޕާރޓްމަންޓް ތަކާއި ޚިލާފަށް ސައީދު ނޫން މީހަކަށް ޖަވާބުދާރީވެސް ނުކުރުވޭ، އަދި އުޅޭ މީހުންގެ ނަންވެސް އެހެން ސްޓާފުންނަށް އެނގޭބައެއް ނޫނެވެ. މިފަހަރު ތިޔަ ފައިލް ބޭރުވީ އިލްޔާސް ރައްޔިތުންގެ ފައިސާގައި ޖެހި ކައިހުސްކުރާ މީހުން ފަޅާއަރުވާން ހުރީމައެވެ. ތިޔައީ އެހެންނޫންނަމަ ނުވާނެ ކަމެކެވެ. އަދި ތިޔަ ޚިޔާނާތް ހިނގަމުން ދިޔައިރުވެސް އައިޓީގައި އެއުޅޭ ގްރޫޕް ސައީދުއަށް އަންގާނެއެވެ. ސައީދު ދޫކޮށްގެން ހުރީއެވެ. މިހާރުވެސް ތިޔަ ހުރިހާކަމެެއް ހިނގިގޮތާއި ވާގޮތް އެމީހުން ބަލާނެއެވެ. އެހެން ސްޓްފުން ސައިދުގެ ފާރަވެރި ކުއްތާތަކަށް ވިސްނައިގެން ތިބޭށެވެ.
އ އައިޓީގެ ބަލާ
އައިޓިގައި އުޅެނީ މަތިން ބާވައިލެއްވި ބައެއް މީހުންގެ ޕާރސަނަލް ކަންތަކަށް ފާރަލާން. އައްޑޫ މީހުންގެ ބަލާ އެމްޑީ ސައީދުއާއި ގުޅިގެން.
ފ ފަލީލާ
ތިޔަ އައީޓީގައި ތިބެނީ ސައީދުގެ ބޯއިސް، ސައީދު ރާއްޖެއިން ފުރާނައިގެން މީހުން ހޮވައިގެން ގެނެސް ފުރަތަމަވެސް ބަންދުކުރީ މިފަދަ ކަންތައް އާއްމުންނަށް އެގެން ހުރި ދޮރުތަކެވެ. ސައީދުގެ ހުރިހާ ކަމެއް ބެލެހެއްޓުމުގައި މި ގުރޫޕް ވަރަށް ތުނުފިލިއެވެ. އަދި ސްޓާފަކު އެއްޗެއް އެހިއަސް ނޭގޭކަމަށް ހެދި ގަމާރުން ގޮތަށް އުޅުނަސް މި މީހުންނަކީ ވަރަށް ނުރައްކާތެރި ބައެކެވެ. އަދި ޚާއްސަކޮށް އައިޓީގެ ހެޑަކަށް ހުންނަ މީހާއާއި އެނާގެ ދަށުންތިބޭ ބައިގަނޑަކީ ސައީދު ހުރިހާކަމަކަށް ފާރަވެރިވާ ވަރަށް ގުޅުން ކުޑަ ބައެކެވެ.
ވ ވަގުންގެ ހިމާޔަތުގައި
ސާތިޝްގެ ބައްޕަ ސިޔާސީ މީހުންނަށް ގުޅައިގެން ވަގު ދަރިފު ސަލަމާތް ކުރެވޭތޯ އެބައުޅެއެވެ. ބައްޕަމެން މުސްކުޅިވީމާ މިޖެހެނީ ދަރިން ސަލާމަތްކުރަން އުޅެން! ދަރިންވިޔަސް ވައްކަން ކުރީމާ ޖެހެނީ ދޫކޮށްލާށެވެ.
އ އަހޫ
މި ފޭކް ރިޕޯޓު ލިޔުނު އިލްޔާސް އެބައުޅޭ ރިޕޯޓު ބަޔަކު ގަބޫލުނުކޮށްގެން އޭނަގެ ބޭބެ ފިނޭންސް އަމީރުއަށް ގުޅައި ރޯން. ފޭސްބުކް ޑީއެކްޓިވޭޓްކޮށްގެން ކޮންހާ ފޭކް ރިޕޯޓެއް ލިޔާކަށް. އިލްޔާސް ބޭނުންވަނީ ފެނަކާ އެމްޑީކަން. މަގާމު ހޯދަން ކުރެވެންހުރި ކަމެއް ކުރަނީ ތިވެސް ގޮތެއް
ކ ކައުސަރު
ތިޔަ ކަމުގައި ޕްރޮޖެކްޓްސް ޑިޕާރޓްމަންޓްގެ އުޅޭ މަނާލްގެ ބައިވެރިވުންވެސް އިންތިހާއަށް އޮތެވެ. މިގޮތުން މިމަންޖެ ސާތިޝްގެ ހަލާލު އަންބެއްްހެން އެތެއްދުވަހަކު އޮފީހުގެ ޕެޓީކޭޝް ނަގައިގެން ރޫމް ކުއްޔަށް ނަގައިގެން ދެމީހުންވަނީ ދުނިޔެ އުޅެފައެވެ. އަދިވެސް ގޯސްވާނީ އިލްޔާސް އާއި އަތުހަރެވެ.
ހ ހުސައިން
ނާފިޔާގެ މައްސަލައެއް ބަލަން ފެށުމުން އެހެން މީހުން ބޮލުގައި ވައްކަމުގެ ދޮގު ތުހުމަތު އަޅުވައި އިލްޔާސް އަމިއްލައަށް ލިޔެ ތައްޔާރުކުރި ރިޕޯޓެއް. މި ރިޕޯޓުގައި ފޭކް ބިލްތަކަކަށް ފައިސާ ނެގިކަމަށް ބުނާއިރު ބިލްތައް ފޭކުވިގޮތެއް ނެތް ބުނެދެވިފައި. ތިހެން އަހަރުމެންނަށްވެސް އަމިއްލައަށް ރިޕޯޓުތައް ލިޔެވިދާނެ ބަޔަކު ދައްކާފައިހުރި ވާހަކަތަކުގެ ތަންތަންކޮޅު ސްކްރީންޝޮޓް ނަގައިގެން.
ަ ައައިމިނަތު
އިންނާ!!!! މިއީ ދައުލަތުގެ ފައިސާއަށް އަށް ވެފައި އޮތް ވަރަށްބޮޑު ޚިޔާނާތެއް. ވަގުތުން ވަގުތަށް މި މުވައްޒަފުން ވަޒީފާއިން ވަކިކޮށް މި މައްސަލަ ބަލަންޖެހޭ.
މ މަރީ
މި ރިޕޯޓަކީ ފެނަކަ ތެރެއިން ލީކްވި ރިޕޯޓެއް ނޫން. މި ރިޕޯޓަކީ ނާފިއާ އަހްމަދުއާއި އިލްޔާސް ރަޝީދު ބައިވެރިވެގެން އިލްޔާސް ރަޝީދު އަމިއްލައަށް ލިޔެ ތައްޔާރުކުރި ރިޕޯޓެއް. މި ރިޕޯޓުގެ ޞައްޙަކަމެއް ނެތުމުން ފެނަކަ ލީގަލްއިން ވަނީ ރިޕޯޓް ރިޖެކްޓްކޮށްފައި. ރިޕޯޓް ރިޖެކްޓްކުރުމުން އެކަން ހަޖަމުނުވެގެން އިލްޔާސް ނޫސްތަކަށް ރިޕޯޓު ފޮނުވަނީ. އޮފީސް ދަތުރުތަކުގައި ދާއިރުއެ ކަމޮޑޭޝަން، ޓްރާންސްޕޯޓް އަދި ކެއުމަށްދާ ހަރަދަކީ އޮފީހަށް ބިލްކުރެވޭ ހަރަދުތައް. މިކަން އެންމެ ރަނގަޅަށް އެނގޭނީވެސް ހަމަ އިލްޔާސް ރަޝީދުއަށް. ވަކި ތަސައްވުރެެއް އުފައްދައި މަގާމުގެ ދަހިވެތިކަމުގައި މީހުންގެ ބޮލުގައި ދޮގު ތުހުމަތު އަޅުވަން އިލްޔާސް ރަޝީދު ހިންގި މިއަމަލަކީ ފިނޑި އަމަލެއް.