ފިތުރު އީދު ދުވަހުގެ ފެރީ ހިދުމަތަށް ބައެއް ބަދަލުތައް ގެނެސްފައިވާކަމަށް އެމްޓީސީސީއިން ބުނެފިއެވެ.
އެމްޓީސީސީން ބުނީ ފިތުރު އީދު ދުވަހުގެ އީދު ނަމާދަށް މާލެއާއި ވިލިމާލެއާއި ދެމެދު ކުރެވޭ ފެރީ ދަތުރުގެ ހިދުމަތް ހެނދުނު 7:00ން ފެށިގެން 8:15ށް މެދު ކަނޑާލެވޭނެކަމަށެވެ.
މީގެ އިތުރުން ފިތުރު އީދު ދުވަހު ތިލަފުށީ ފެރީ ދަތުރުތައް ކުރުމަށް ހަމަޖެހިފައިވާ ގަޑިތަކަށް ބަދަލު ގެނެސްފައިވާ ކަމަށް އެމްޓީސީސީން ބުނެއެވެ. އެގޮތުން، މާލެއިން ތިލަފުއްޓަށް ފުރަތަމަ ދަތުރު އޮންނާނީ 8:30 ގައި ކަމަށާއި، ތިލަފުށިން މާލެއަށް ފުރަތަމަ ދަތުރު އޮންނާނީ 9:00 ގައި ކަމަށް އެމްޓީސީސީން ބުނެއެވެ.
އެމްޓީސީސީން ބުނީ ފިތުރު އީދު ދުވަހުގެ އީދު ނަމާދަށް ހުޅުމާލެ ޕްރިމިއަމް ފެރީގެ ހިދުމަތް ހެނދުނު 7:00ން 8:30ށް މެދުކަނޑާލެވޭނެ ކަމަށެވެ.
ކޮމެންޓު ފޮނުވާ