މި ސަރުކާރުން ޔާމިންގެ ކެނޑިޑަސީއަށް ހުރަސް އަޅާކަމަށް ބުނެ، އިދިކޮޅު ޕީޕީއެމްއިން މައްސަލަ އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅައިފިއެވެ.
މިއަދު ހަވީރު ޕީޕީއެމްގެ އޮފީހުގައި ބޭއްވުނު ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން ޕީޕީއެމްގެ ނާއިބު ރައީސް އަހުމަދު ޝިޔާމް ވިދާޅުވީ ޔާމިން ނުހައްގުން ޖަލުގައި ބަހައްޓައިގެން ދެމުންދާ އަނިޔާތަކާއި ގުޅޭ މައްސަލަތައް ދައުލަތުގެ އެކި މުވައްސަސާތަކަށް ހުށަހަޅަމުންދާ ކަމަށާއި، މި މިއަދު އެޕާޓީގެ ލީޑަރޝިޕުން އިލެކްޝަންސް ކޮމިޝަނާއި ބައްދަލު ކޮށްފައިވާ ކަމުގައެވެ.
އޭނާ އިތުރަށް ވިދާޅުވީ އިދިކޮޅު ޕީޕީއެމްގެ ރިޔާސީ ކެނޑިޑޭޓަކީ ޔާމިން ކަމަށާއި، އެހެންނަމަވެސް މި ސަރުކާރުން ޔާމިންގެ ކެނޑިޑަސީއަށް ހުރަސްއަޅަމުންދާ މައްސަލާގައި އެޕާޓީގެ ކަންބޮޑުވުން ހުރިކަމުގައެވެ. އަދި ވިދާޅުވީ ޔާމިންގެ ކެނޑިޑަސީއަށް އެއްވެސް އުނިކަމެއް އަންނާނެކަމަށް އިލެކްޝަންސް ކޮމިޝަނުން މިހާތަނަށް ވިދާޅުވެފައި ނުވާކަމުގައެވެ.
އީސީގެ ރައީސް ތަކުރާރުކޮށް އެބަ ވިދާޅުވޭ ރައީސް ޔާމީންގެ ކެންޑިޑަސީއަށް އުނިކަމެއް އަންނާނެ ކަމެއް މިހާތަނަށް ނެތް ކަމަށް ޔާމީންގެ ކެންޑިޑަސީއަށް ހުރަސް އަޅަން ސަރުކަރުން މަސައްކަތް ކުރޭ ޔާމީން އަށް ސިޔާސީ މަސައްކަތް ނުކުރެވޭ ގޮތަށް ޖަލުގައި ބަހައްޓާ ބެހެއްޓުން.
ޝިޔާމް ވިދާޅުވިއެވެ.
މި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އިދިކޮޅު ޕީއެންސީގެ ރައީސް އަބުދުއްރަހީމް ވިދާޅުވީ ޔާމިންގެ ޝަރީއަތްތައް އަވަސް އަރުވާލައިގެން ކުރިޔަށް ގެންދާތީ ލިބެންޖެހޭ އެތަކެއް ހައްގަކުން ޔާމިން މަހުރޫމް ވެގެންދާކަމުގައެވެ. އަދު އިތުރަށް ވިދާޅުވީ ޔާމިންގެ މައްސަލާގައި ހައިކޯޓުން ކޮށްފައިވާ ހުކުމް ސުޕްރިމް ކޯޓުގައި އިސްތިއުނާފް ކުރުމަށް ހަމަޖެހިފައިވާ ކަމަށާއި، މިމަހުގެ 26 އާއި ހަމައަށް އެމުއްދަތު އެބައޮތް ކަމުގައެވެ. އެހެންކަމުން މި ތާރީޚުގެ ކުރިން ޔާމިންގެ މައްސަލާއިގެ ތާވަލެއް ދަށު ކޯޓުން ހަދާފައިވާތީ އޭނާވަނީ ކަންބޮޑުވުން ފާޅު ކުރައްވާފައެވެ.
ކޮމެންޓު ފޮނުވާ