އެލަވެންސް ނަގައިގެން މަޖިލީހުގެ ރިޔާސަތު ނުބަލަހައްޓާތީ ސަނީފްގެ ފާޑުކިޔުން!

އެލަވެންސް ނަގައިގެން މަޖިލީހުގެ ރިޔާސަތު ނުބަލަހައްޓާތީ ސަނީފްގެ ފާޑުކިޔުން!

Author
މުޙައްމަދު ޝަޒައިމް
19 އޭޕްރިލް 2023 10:57
0

މަޖިލީހުން ދޭ މުސާރަޔާއި، އިނާޔަތް ނަންގަވައިގެން މަޖިލީހުގެ ރިޔާސަތު މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާއި، ނައިބް ރައީސް އީވާ އެންމެ ރަނގަޅަށް ބަލަހައްޓަމުން ނުދާތީ ތިނަދޫ ދެކުނު ދާއިރާ ގެ މެންބަރު ސަނީފް ފާޑު ވިދާޅުވެއްޖެއެވެ.

މަޖިލީހުގެ ރައީސް މިވަގުތު ހުންނެވީ ރަސްމީ ދަތުރުފުޅެއްގައި ރާއްޖެއިން ބޭރުގައެވެ. މިހަފްތާގައި މަޖިލީހުގެ ޖަލްސާތަކުގެ ރިޔާސަތު ބެލެހެއްޓީ މަޖިލީހުގެ ނައިބް ރައީސް އީވާއެވެ. މަޖިލީހުގެ މިހަފްތާގެ އިތުރުން މީގެ ކުރިން ބާއްވާ ޖަލްސާތަކުގައިވެސް މަޖިލިސް ރައީސް އާންމުކޮށް ރިޔާސަތު ބަލަހައްޓަވާނީ ހެނދުނު ދަންފަޅީގައި އެކަންޏެވެ.

މެމްބަރު ސަނީފް ވިދާޅުވީ މަޖިލީހުގެ ރައީސްކަން އެމްޑީޕީން ރައީސް ނަޝީދާއި ހަވާލުކޮށްފައިވަނީ ޒިންމާދާރު ކަމާއިއެކު މަސައްކަތް ކުރުމަށް ކަމަށެވެ. ނަމަވެސް ފެނިގެން ދަނީ މަޖިލީހުގެ ގަވާއި ޚިލާފަށް ރިޔާސަތުގައި އަބަދުވެސް އެހެން ބޭފުޅަކު ބައިންދައިގެން މަޖިލިސް ހިންގާ މަންޒަރުކަމަށެވެ.

ރައީސް ނަޝީދު ޕާޓީގެ ރައީސް ކަމުގަ ހުރެMDP އާއި ދެކޮޅަށް މަސައްކަތް ކުރީމަ ޑިމަކްރަސީ! އެލަވަންސު ނަގައަގެން ރިޔާސަތުގަ ތާ އަބަދު މަޖިލީހުގެ ރިއާސަތު ބަލަހައްޓަން ގަވާއިދާ ހިލާފަށް އެހެން ބޭފުޅަކު ބައިންދާގެން ކުރިއަށް ގެންދަނީ ލިބޭ އެލަވަންސުތައް މަދީ ތޯ! މި ބޭފުޅުންތޯ! އަފީފްތޯ!

– ސަނީފް ވިދާޅުވިއެވެ.

މިދޭތެރެއިން މަޖިލިސް ރައީސާއި، ނައިބް ރައީސް ރާއްޖޭގައި ނޫޅުއްވާ ދުވަސްކޮޅެއްގައި މަޖިލިސް ބާއްވާފައިވެއެވެ. މަޖިލިސް ރައީސާއި ނައިބް ރައީސް އެއްފަހަރާ ރާއްޖެއިން ބޭރަށް ދިއުމުން ގިނަ މެމްބަރުންގެ ފާޑުކިޔުން އަމާޒުވެސް ވިއެވެ.

މަޖިލިސް ރައީސް މުހައްމަދު ނަޝީދާއި، މަޖިލިސް ނައިބް ރައީސް އީވާ އަކީ އެއްއާއިލާއެއްގެ ދެބޭފުޅުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.