ގައްދޫ ބަނދަރުގެ މަސައްކަތް ބާރަށް ކުރިއަށް

ގައްދޫ ބަނދަރުގެ މަސައްކަތް ބާރަށް ކުރިއަށް

Author
މުޙައްމަދު ޝަޒައިމް
18 އޭޕްރިލް 2023 12:38
0

ގދ. ގައްދޫ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއު ހުއްޓުމެއް ނެތި ކުރިއަށްދާ ކަމަށް އެމްޓީސީސީން ބުނެފިއެވެ.

އެމްޓީސީސީން މިއަދު ބުނީ ގައްދޫ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ ދަށުން، އެއްގަމުތޮށި ލުމުގެ މަސައްކަތް މިހާރު ވަނީ 39 އިންސައްތަ ފުރިހަމަކުރެވިފައިކަމަށެވެ. އަދި، ހާބަރ ބްރިޖް އެޅުމުގެ މަސައްކަތް މިހާރު ވަނީ 10 އިންސައްތް ނިމިފައިކަމަށެވެ.

ޑިޒައިން އެންޑް ބިލްޑް އުސޫލުން ޕްލޭނިން މިނިސްޓްރީއިން އެމްޓީސީސީއާއި ހަވާލުކުރި އެ މަސައްކަތް ނިންމަން ހަމަޖައްސާފައި ވަނީ އެއް އަހަރު ދުވަހުގެ ތެރޭގައެވެ. އެ މަސައްކަތުގެ ދަށުން ގައްދޫ ބަނދަރުގެ 13،498 ކިއުބިކް މީޓަރު ސަރަހައްދަކާއި ބަނދަރަށް އިތުރު ކުރެވޭ ބައިގެ 9،519.20 ކިއުބިކް މީޓަރުގެ ސަރަހައްދު ފުންކުރަން ވަނީ ހަމަޖެހިފައެވެ.

ގައްދޫ ބަނދަރު މަރާމާތު ކުރުމުގެ ތެރެއިން، ބޮޑުހިލައިގެ ބޭރުތޮށި ޖަހާނީ 232 މީޓަރުގެ ސަރަހައްދެއްގައެވެ. އަދި 320 މީޓަރުގެ ސަރަހައްދެއްގައި އެއްގަމު ތޮށި ޖެހުމަށް ހަމަޖެހިފައި ވާކަމަށް އެމްޓީސީސީން ބުންޏެވެ. މީގެ އިތުރުން މި މަޝްރޫއުގައި ހިމެނެނީ 35 މީޓަރުގެ ރިވެޓްމަންޓް ޖެހުމާއި ނެވިގޭޝަން ދެ ލައިޓް ހަރުކޮށް 25 މޫރިން ބޮއި ހަރުކުރުމުގެ އިތުރުން 1600 އަކަ މީޓަރުގެ ޕޭވްމަންޓް ހެދުމެވެ.

އެމްޓީސީސީން ބުނީ މި މަޝްރޫގެ ދަށުން ގައްދޫގައި 16 މަގުބައްތި ހަރުކޮށް ކޮންކްރީޓް ބްރިޖެއް އެޅުމަށް ހަމަޖެހިފައިވާ ކަމަށެވެ. މިއީ 38.4 މިލިއަން ރުފިޔާގެ މަޝްރޫޢުއެކެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.