މުއިއްޒުގެ މައްސަލައެއް ސުލޫކީ ކޮމެޓީއަކުން ނުބަލާ: ޕީޕީއެމް

މުއިއްޒުގެ މައްސަލައެއް ސުލޫކީ ކޮމެޓީއަކުން ނުބަލާ: ޕީޕީއެމް

Author
މުޙައްމަދު ޝަޒައިމް
17 އޭޕްރިލް 2023 09:10
0

މާލެ ސިޓީ ކައުންސިލްގެ މޭޔަރު އަދި ކުރީގެ ހައުސިން މިނިސްޓަރ ޑރ.މުހައްމަދު މުއިއްޒުގެ މައްސަލައެއް ޕީޕީއެމްގެ ސުލޫކު ކޮމެޓީން ނުބަލާކަމަށް އެޕާޓީން ބުނެފިއެވެ.

މޭޔަރު މުއިއްޒުގެ މައްސަލައެއް ޕީޕީއެމްގެ ސުލޫކު ކޮމެޓީން މިރޭ ބަލާކަމަށް ބުނެ ސޯޝަލް މީޑިއާގައި ވަނީ އަޑުތަކެއް ފެތުރިފައެވެ. މުއިއްޒުއާއި ގުޅޭގޮތުން ބެލުމަށް ނިންމަފައިވަނީ ޕީޕީއެމްގެ ރިޔާސީ ކެނޑިޑޭޓަކަށް ވުމަށް އަމިއްލައަށް ނިންމައި ކެމްޕެއިން ކުރަމުންދާތީ އެމައްސަލަ ރައީސް ޔާމީންގެ އާއިލާއިނން ޕީޕީއެމްއަށް ހުށަހެޅުމުން ކަމަށްބުނެ ވަނީ ސޯޝަލް މީޑިއާގައި އަޑުތައް ފެތުރިފައެވެ.

މިކަމާއި ގުޅީގެން ޕީޕީއެމްގެ ތަރުޖަމާން ހީނާ ވަލީދު ވިދާޅުވީ މާލެ ސިޓީ ކައުންސިލްގެ މޭޔަރު ޑރ.މުއިއްޒާއި ގުޅޭ މައްސަލައެއް ސުލޫކީ ކޮމެޓީން ބަލަމުން ނުދާކަމަށެވެ. އަދި ފަތުރަމުންދަނީ އެއްވެސް ހަގީގަތެއް ނެތް ވާހަކަތަކެއްކަމަށް ހީނާ ވިދާޅުވިއެވެ.

ޕީޕީއެމްގެ ރިޔާސީ ކެނޑިޑޭޓަކީ ރައީސް ޔާމީންކަމަށް ކަނޑައަޅައި، ރިޔާސީ ޓިިކެޓް ހަވާލުކޮށްފައި ވީނަމަވެސް ރައީސް ޔާމީނު ޖަލު ހުކުމެއް ތަންފީޒު ކުރަމުންދާނީ އިންތިޚާބުގައި ވާދަކުރިވިދާނެކަމާއިމެދު އޮތީ ސުވާލެއްގެ ތެރޭގައެވެ. ނަމަވެސް ޕީޕީއެމްގެ ލީޑަރޝިޕުން ބުނަނީ އެޕާޓީގެ ރިޔާސީ ކެނޑިޑޭޓަކީ ރައީސް ޔާމީން ކަމަށެވެ. ރައީސް ޔާމީންގެ ނަން ވޯޓު ކަރުދާހުގައި އޮންނާނެކަމަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އ އަލީ ހުޅުމާލެ
މައްސަލަ ބެލިޔަސް ނުބެލިޔަސް މުއިއްޒު ކެމްޕޭނު ކުރާތާ ކިތަންމެ ދުވަހެކެވެ. އަޅެ ސުޖާ މިކަމާ ބުނާ އެއްޗެއް ބަލާލަ ބަލާށެވެ.