މިހާރު ވެރިކަން ކުރަނީ އަންނި ކުރިގޮތަށް، ކަނާތުންކުރާ ކަންތައް ވާތަށް ނޭގޭ ގޮތަށްނޫން: ރޮޒޭނާ

މިހާރު ވެރިކަން ކުރަނީ އަންނި ކުރިގޮތަށް، ކަނާތުންކުރާ ކަންތައް ވާތަށް ނޭގޭ ގޮތަށްނޫން: ރޮޒޭނާ

Author
މުޙައްމަދު ޝަޒައިމް
16 އޭޕްރިލް 2023 10:28
0

ރައީސް އިބްރާހިމް މުހައްމަދު ޞާލިހު ވެރިކަން ކުރަނީ އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ކަންތައް ކުރިގޮތަށް ކަނާތުންކުރާ ކަންތައް ވާތަށް ނޭގޭ ގޮތަށްނޫންކަމަށް ވިދާޅުވެ އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒޭނާ އާދަމްގެ ރައްދެއް، ރައީސް ނަޝީދުގެ ފިކުރެއްގެ ދިރުމަށް ތާއީދުކުރާ މުހައްމަދު ވަހީދު، ވައްޑެއަށް ދީފިއެވެ.

އޭނާ މިހެން ވިދާޅުވީ އެމްޑީޕީއަކީ ސިޔާސަތު ވިއްކައިގެން ވޯޓު ހޯދާ ޕާޓީއެއް ގޮތުގައި އޮތްއޮތުން ބަދަލުކޮށް، ފައިސާއާ ސަރުކާރުގެ ވަސީލަތްތައް ނަހަމަގޮތުގައި ބޭނުންކޮށްގެން ވޯޓުހޯދާ ޕާޓީއަކަށް ބަދަލުކޮށްލުމަކީ، ވެރިކަމުގައި ނެތް ދުވަހަކުން އެމްޑީޕީ ވަރަށް ނިކަމެތިވާނެ ކަމެއްކަމަށް ވިދާޅުވި ވައްޑެ ކުރި ޓުވީޓާއި ގުޅިގެންނެވެ.

ވައްޑެ މި ޓުވީޓު ކުރީ އިއްޔެ ބޭއްވި ގުރައިދޫ ދާއިރާގެ ބައި އިލެކްޝަނަށް އެމްޑީޕީން ކާމިޔާބު ކުރުމާއި ގުޅިގެން އެމްޑީޕީގެ ރައީސް ޞާލިހަށް ތާއީދުކުރާ ބޭފުޅުން ދައްކަވާ ވާހަކަތަކަށް ރައްދު ދެއްވައި ކުރި ޓޫވީޓެއްގައެވެ.

ވައްޑެގެ ވާހަކަތަކަށް ރައްދު ދެއްވައި ރޮޒޭނާ ވިދާޅުވީ މިހާރު ރައީސް އިބްރާހިމް މުހައްމަދު ޞާލިހު ވެރިކަން ކުރައްވަނީ ރައީސް ނަޝީދު ވެރިކަން ކުރެއްވި ގޮތަށް ނުލަފާކަން ދައްކައިގެން ނޫންކަމަށެވެ. މިހާރު ވެރިކަން ކުރަމުންދަނީ ރައްޔިތުންގެ ލޯބި ހޯދައިގެން އެއްވެސް ރަށެއް ތަފާތު ކުރުމެއްނެތި ކަމަށެވެ.

އައްޗީޑި! ތިއޮއްދެއްކި ވާހަކައެއްދޯ! އަންނިގެ ވެރިކަމުގަ ނުލަފާކަން ދައްކައިގެން ކަނާތުން ކުރާކަންތައް ވާތައްނޭގޭ ގޮތަކަށް ނޫން މީހާރު އެމްޑީޕީ ހިނގަނީ. ތަފާތުކުރުމެއްނެތި ހުރިހާރަށަކަށް ކަންތައްކޮއްދީގެން ރައްޔިތުންގެ ލޯބި ހޯދައިގެން. ތަޅާކުދިންކޮޅެއް ހޯދައިގެނެއްނޫން. ހަޖަމް.

– ރޮޒޭނާ ވިދާޅުވިއެވެ.

ރޮޒޭނާ ވިދާޅުވީ މިވީހާ ދުވަހު އެމްޑީޕީގައި އޮތް ކަލްޓަކުން ޑިމޮކްރެޓިކް ޕާޓީ އަކަށް މި ބަދަލުވީ އަދިކިރިޔާ ކަމަށެވެ. އަދި ނަޝީދުގެ ފޮޓޯ ވިއްކައިގެން ގޮނޑި ހޯދާވާހަކަ ދެއްކޭނެ ދުވަސް މިހާރު ނިމުމަކަށް އައިސްފައިވާކަމަށެވެ. ދެން އިންތިޚާބުތައް ކާމިޔާބު ކުރާނީ ސިޔާސަތުތައް ވިއްކައިގެން ރައްޔިތުންގެ ލޯބި ހޯދައިގެންކަމަށް ރޮޒޭނާ ވިދާޅުވިއެވެ.

އިއްޔެ ބޭއްވި ގުރައިދޫ ދާއިރާގެ ބައި އިލެކްޝަން އެމްޑީޕީން ވަނީ ކާމިޔާބުކޮށް ފާއިތުވެދިޔަ ދިގު މާޒީގައި ހުރައިދޫ ދާއިރާ ތަމްސީލް ކުރަމުންދިޔަ ޕީޕީއެމްގެ ދިކުރަށް ނިމުން ގެނެސްފައެވެ. އަދި މިއީ ތާރީހުގައިވެސް ކ.އަތޮޅުގެ މަޖިލިސް ގޮޑިއެއް އެމްޑީޕީއަށް ލިބުނު ފުރަތަމަ ފަހަރެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.