މިސްކިތުގައި އިއުތިކާފަށް އިން މީހާކު، ފުލުހުން ގެންދަން އުޅުނު މައްސަލައެއް!

މިސްކިތުގައި އިއުތިކާފަށް އިން މީހާކު، ފުލުހުން ގެންދަން އުޅުނު މައްސަލައެއް!

Author
ޢަލީ އާދަމް
15 އޭޕްރިލް 2023 06:04
0

މާލޭގެ ފުރުޤާނު މިސްކިތުގައި އިޢުތިކާފަށް އިން ޢުމުރުން ދުވަސްމީ މީހަކު ފުލުހުންގެ ބެލުމުގެދަށަށް ގެންދަން އުޅުނު މައްސަލައެއް ފެންމަތިވެއްޖެއެވެ.

މިމައްސަލަ ފެންމަތި ކުރެއްވީ މަޝްހޫރު ދީނީ ޢިލްމުވެރިޔާ އައްޝައިޚް އާދަމް ނިޝާނެވެ. ޝައިޚް ނިޝާން ވަނީ ޢިއުތިކާފަށް އިންދައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންދަން އުޅުނު ޢުމުރުން ދުވަސްވީ މިހާއާއެކު ވީޑިއޯއް ހަދައި ފޭސްބުކްގައި ޙިއްސާކޮށްފައެވެ. "އަހަންމައިދީ" ނަކަމަށް ކިޔާ މިމީހާއަކީ ފުރުޤާން މިސްކިތް ބިނާކުރީއްސުރެ ކޮންމެ ރަމަޟާންމަހެއްގެ ފަހުދިހާގައި އެމިސްކިތުގައި ޢިއުތިކާފަށް އިންނަ މީހެއްކަމަށް ޝައިޚް ނިޝާން މިވިޑިއޯގައި ވިދާޅުވެފައިވެއެވެ. އަދި ޢިއުތިކާފަށް އިނުމަކީ މާތްﷲގެ ޝަރީޢަތުގައި ކަނޑައަޅުއްވައި އަދި ކީރިތި ޤުރްއާނުގައިވެސް ބަޔާންވެގެންވާ ކަމެއްކަމަށް ޝައިޚް ނިޝާން ވިދާޅުވިއެވެ. މިފަދަ މާތް އަޅުކަމެއް ކުރަމުންދަނިކޮށް އެފަދ މީހުންގެ ޙުރުމަތް ކެނޑޭފަދަގޮތަށް ފުލުހުން ޢަމަލުކުރުމަކީ ހިތާމަހުރިކަމެއްކަމަށް ޝައިޚް ވިދާޅުވިއެވެ.

މިވިޑީއޯގައި ފުލުހުން ގެންދަން އުޅުނު އަހަންމައިދިބޭ ކިޔައިދޭގޮތުގައި އޭނާ އިނީ ފުރުޤާން މިސްކިތުގައި އިޢުތިކާފުގައެވެ. ތަރާވިޙު ނަމާދުކޮށްގެން ދަމުނަމާދާދެމު ކުޑަކޮށް އަރާމުކޮށްލުމަށް އޭނާ މިސްކިތުގައި އޮއްވައި އޮތީ ނިދިފައެވެ. އެހެން އޮއްވައި ފުލުހުން އައިސް ގޮވާފައި މިސްކިތުގައި ނިދުމަކީ މަނާކަމެއްކަމަށް ބުނެ ގެންދަން އުޅުނީކަމަށާ، ފުލުހުންގެ ވެހިކަލެއް ގެނެސް އަހަންމައިދިބޭގެ ގެ ހުންނަތަން ހޯދިކަމަށް އޭނާ ބުންޏެވެ. އެހެންނަމަވެސް ގެއަކަށްވެސް އަދި ފުލުހުންގެ ބެލުމުގެ ދަށަކަށްވެސް ނުދެވޭނެކަމަށާ، މިއިނީ އިއުތިކާފަށްކަމަށް ބުނެފައިވާނެކަމަށް އަހަންމައިދިބޭ ބުންޏެވެ.

ޝައިޚް ނިޝާން ވިދާޅުވީ އަހަންމައިދިބޭ ނުގެންގޮސް ބޭންދީ ފަހުން ފުލުހުންގެ ތަންކޮޅެއް ދުވަސްވީ މީހަކު އެތަނަށް އައިސް އެތައް ވާހަކައެއް ދައްކައިގެންކަމަށެވެ. ސައްތައިންސައްތަ އިސްލާމީ ޤަޢުމެއްގެ މުއައްސަސާތަކުގައި ތިބޭ މީހުންނަކީ ޢިއުތިކާފަކީ ކޮބައިކަން ނޭނގޭ ބަޔަކަށްވެގެން ނުވާނެކަމަށާ، މިއީ ވަރަށް ދެރަކަމެއްކަމުގައި ޝައިޚް ނިޝާން ވިދާޅުވިއެވެ.

އިޢުތިކާފަށް އިނުމަކީ ﷲ ތަޢާލާއަށް ކުއްތަންވުމުގެ ނިޔަތުގައި މިސްކިތުގައި ވަކި މުއްދަކަސް ޤާއިމުވެ ހުރުމެވެ. މިއީ މަތިވެރި ސުންނަތެއްކަމަށް ޢިލްމުވެރިން ވިދާޅުވެއެވެ. ޢިއުތިކާފަށް މިސްކިތެއްގައި އިންނަނަމަ ފާޚަނާކުރުމާއި ކެއުން ބުއިންފަދަ ޒަރޫރީކަމަކަށްޓަކައި ނޫނީ މިސްކިތުން ނިކުތުން ހުއްދަވެގެން ނުވެއެވެ. މިނޫން ޙާލަތެއްގައި މިސްކިތުން ނިކުމެއްޖެނަމަ އިޢުތިކާފު ބާޠިލުވާކަމަށް ޢިލްމުވެރިން ވިދާޅުވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.