މެގުއާގެ ބައި ގޯލުން ސެވިއްޔާ އިން ޔުނައިޓެޑާ އެއްވަރުކޮށްފި

މެގުއާގެ ބައި ގޯލުން ސެވިއްޔާ އިން ޔުނައިޓެޑާ އެއްވަރުކޮށްފި

ޔުއެފާ ޔޫރޮޕާ ލީގުގެ ކުއާޓާ ފައިނަލް ފުރަތަމަ ލެގުގައި މެންޗެސްޓާ ޔުނައިޓެޑާއި ސެވިއްޔާ ބައްދަލުކުރި މެޗު އެއްވަރުވެއްޖެއެވެ.

ޔުނައިޓެޑްގެ ދަނޑުގައި ކުޅުނު މި މެޗުގައި އެ ޓީމުން ދެ ލަނޑު ޖަހާ ލީޑު ނަގާފައިވަނިކޮށް ސެވިއްޔާއިން ވަނީ ފަހަތުން އަރައި ދެ ލަނޑު ކާމިޔާބުކޮށް ނަތީޖާ ހަމަހަކޮށްފައެވެ.

ސެވިއްޔާއިން ގިނަ ހަމަލާ އުފެއްދި މިމެޗްގައި ގިނައިރު ބޯޅަ ޔުނައިޓެޑުން ގެންގުޅެފައިވާ ވީނަމަވެސް ގިނަ ހަމަލާ އުފައްދާފައިވަނީ ސެވިއްޔާއިންނެވެ. މިމެޗްގެ ފުރަތަމަ ލަނޑު މެޗްގެ 14 ވަނަ މިނެޓްގައި ޔުނައިޓެޑަށް ކާމިޔާބުކޮށްދިނީ މާސެލް ސަބިޓްޒަރއެވެ. އަދި މެޗްގެ 21 ވަނަ މިނެޓްގައި ޔުނައިޓެޑްގެ ލީޑު ފުޅާކޮށްދިނީވެސް ސަބިޓްޒަރ އެވެ.

މިނަތީޖާގައި އޮވެ މެޗް ނިމެން ގާތްވެފައިވަނިީ ސެވިއްޔާއިން ފަރަގު ކުޑަކުރީ މެޗްގެ 84 ވަނަ މިނެޓުއެވެ. މިލަނޑަކީ ޔުނައިޓެޑްގެ ޓައިރެލް މަލާސިއާ އަތުން ބައިކޮޅަށް ވަން ލަނޑެކެވެ. އަދި މިމެޗްގައި ސެވިއްޔާއިން ކާމިޔާބުކުރި ދެވަނަ ލަނޑަކީވެސް ޔުނައިޓެޑްގެ ކުޅުންތެރިއެއް އަތުން ބައިކޮޅަށް ވަން ލަނޑެކެވެ. މިލަނޑު ވަދެފައިވަނީ ބަދަލު ކުޅުންތެރިއެއްގެގޮތުގައި މިމެޗްގައި ކުޅެން އެރި ކެޕްޓަން ހެރީ މެގުއަރ އަތުންނެވެ. މިލަނޑު ސެވިއްޔާއަށް ކާމިޔާބުކުރެވިފައިވަނީ އިތުރު ވަގުތުގެ ދެވަނަ މިނެޓްގައެވެ.

މީގެއިތުރުން މެޗް ނިމެން ގާތްވެފައިވަނިކޮށް ޔުނައިޓެޑްގެ ލިސާންޑްރޯ މާޓިނޭޒްއަށް އަނިޔާވެގެން ބާލަން ޖެހުމުން ޓީމަށް އިތުރު ހީނަރުކަން އައިކަން ފާހަގަވެގެންދިޔައެވެ.

މިމެޗް އެއްވަރުވެގެން ނިމުމުން ސެވިއްޔާއަށް ހިތްހަމަޖެހުން ލިބިގެން ގޮސްފައިވާއިރު ދެވަނަ ލެގް އަމިއްލަ ދަނޑުގައި ކުޅުމުގެ ފުރުސަތު ލިބިފައިވުމުގެ ފައިދާ ސެވިއްޔާއިން ނަގަން މަސައްކަތް ކުރާނެކަމަށް ބެލެވެއެވެ. އަދި ދެވަނަ ލެގަށް ނިކުންނައިރު ޔުނައިޓެޑްގެ ބްރޫނޯ ފެނާންޑޭޒްއަށް ކާޑު ހަމަވެފައިވުމުގެ ސަބަބުން ނުކުޅެވޭނެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *