ޓެކްސް އެޕީލް ޓްރައިބިއުނަލްއަށް މިއަދު ފަސް މެންބަރުން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، ޢައްޔަނުކުރައްވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާ، ޓެކްސް އެޕީލް ޓްރައިބިއުނަލްއަށް ޢައްޔަނުކުރައްވާފައިވަނީ އއ. މަތިވެރި ވެސްޓްބީޗު އަލްއުސްތާޛް މުޙައްމަދު މުނައްވަރު ޢަލީއާއި، ގ.ގޮފި އަލްއުސްތާޛާ ފާޠިމަތު މިންހަތު ޢިއްޒަތާއި، މ. ފާމްދޭރިގެ ހުސައިން ޒައިދާން ޖަލީލާއި، މއ. ވިލާރޮދި އިސްމާޢީލް ސާޖިދާއި، ދަފްތަރު ނަންބަރު ރސ 7883 އަލްއުސްތާޛު އަޙްމަދު އަޝްރަފެވެ.
ޓެކްސް އެޕީލް ޓްރައިބިއުނަލްގެ މެންބަރުކަމުގެ މަޤާމަށް ކުރިމަތިލުމުގެ ފުރުޞަތު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ހުޅުވައިލައްވާފައި ވަނީ މިދިޔަ އޮކްޓޫބަރު މަހުގެ 5 ވަނަ ދުވަހުއެވެ. އަދި، އެއީ އެ ޓްރައިބިއުނަލްގައި އޭރު ހިމެނިވަޑައިގަންނަވާ ފަސް މެންބަރުންގެ މަޤާމުގެ މުއްދަތު 2020 ނޮވެންބަރު 28 ގެ ނިޔަލަށް ހަމަވާތީއެވެ.
ރައީސުލްޖުމްހޫރިއްޔާ ޓެކްސް އެޕީލް ޓައިބިއުނަލްއަށް މި ފަސް މެންބަރުން ޢައްޔަނުކުރެއްވުމުގެ ކުރިން، ރައްޔިތުންގެ މަޖިލީހުން ވަނީ މި ފަސް ބޭފުޅުންނަށް ރުހުން ދެއްވާފައިވަނީ މިމަހުގެ25 ވަނަ ދުވަހުއެވެ.
5 މެންބަރުންގެ މައްޗަށް އެކުލެވިގެންވާ ޓެކްސް އެޕީލް ޓްރައިބިއުނަލަކީ ޓެކްސްއާ ގުޅޭ މައްސަލަތައް ބެލުމަށް، ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނުގެ ދަށުން އުފައްދާފައިވާ މުއައްސަސާއެކެވެ
ކޮމެންޓު ފޮނުވާ