ދައުލަތުން އެހެނިހެން ފަރާތްތަކަށް ބަދަލު ދޭންޖެހުނު ކަމުގައިވިނަމަވެސް، ދޭ ބަދަލެއް ދެނީ ރައްޔިތުންގެ ޓެކްސް ފައިސާއިން ކަމަށާއި، އެހެންކަމުން އެ މައުލޫމާތު ރައްޔިތުންނަށް ސިއްރު ކުރެވިގެން ނުވާނެކަމުގައި، ޖުމުހޫރީ ޕާޓީގެ ލީޑަރުގެ އެޑްވައިޒަރ އަބުދުﷲ ނަވާޒު ވިދާޅުވެއްޖެއެވެ.
އޭނާ ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައިވަނީ، ރައްޔިތުންގެ ޓެކްސް ފައިސާއިން ބަދަލުދިނުމަށްފަހު އެ މައުލޫމާތު ރައްޔިތުންނަށް ސިއްރު ކުރެވިގެން ނުވާނެކަމަށާއި، އެ މައުލޫމާތު ރައްޔިތުންނަށް އެގެން ޖެހޭނެކަމުގައެވެ.
Sarukaarun badhaludhinas eei rahyithun dhahkaafaivaa tax faisaa nuvatha rahyithunge faisaa in dheefaivaabadhalu…emauloomathu rahyithunah sirrukurevidhaanekamakah gabooleh nukuran… eeei rahyithunah engen jehey mauloomath. pic.twitter.com/GLEEsOZsic
— Abdullanawaz (@abdullanawa) April 12, 2023
ކުންފުނިތަކަށް ބަދަލުގެ ގޮތުގައި ދޭފައިސާގެ މައުލޫމާތު ރައްޔިތުންނަށް އެގެންޖެހޭނެކަމަށް ނަވާޒު ވިދާޅުވެފައިވާއިރު، މިއަހަރު މިހާތަނަށް ބަދަލުގެ ގޮތުގައި ދޫކޮށްފައިވާ 97 މިލިއަން ރުފިޔާގެ ތަފްސީލް ހާމަކުރަން ސަރުކާރުން ވަނީ ދެކޮޅު ހައްދަވާފައެވެ.
އެ މައުލޫމާތު ހާމަކުރުމަށް ސަރުކާރުން ދެކޮޅު ހަދާކަން ހާމަވެފައިވަނީ އަމިއްލަ ނޫހަކުން، މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ ދަށުން މިދިޔަ ފެބްރުއަރީ ހުށަހެޅި ސުވާލުތަކުގެ ޖަވާބުގައި ފިނޭންސް މިނިސްޓްރީން ދީފައިވާ ޖަވާބުންނެވެ.
ފިނޭންސް މިނިސްޓްރީން ބުނެފައިވަނީ، ބަދަލު ދިން ކުންފުނިތަކުގެ މައުލޫމާތު ހާމަނުކުރެވެނީ، އެފަރާތްތަކާ އެކު ވެފައިވާ އެއްބަސްވުމުގެ ދަށުން އެ މައުލޫމާތެއް އެހެން ފަރާތަކާ ހިއްސާ ނުކުރެވޭނެތީ ކަމަށެވެ.