ރީކޯ މޫސަގެ މަންމަ ނިޔާވެއްޖެ

ރީކޯ މޫސަގެ މަންމަ ނިޔާވެއްޖެ

ގުޅުންހުރި

ރައްޔިތުންގެ މަޖިލިހުގެ ކުރީގެ ނާއިބު ރައީސް ރީކޯ މޫސާ މަނިކުގެ މަންމަ ނިޔާވެއްޖެއެވެ.

މޫސަ ދާދި ދެންމެއަކު ކުރި ޓުވީޓެއްގައި ވިދާޅުވެފައިވަނީ، "ޙަޔާތުގެ ހުރިހާވެސް ކުރިއެރުމަކާއި ކާމިޔާބުގެ އަސްލު ކަމުގައިވާ، ލޯބިވާ މަންމަ ދާދި ދެންމެއަކި ނިޔާވެފައި" ވާކަމުގައެވެ.

މޫސާ މަނިކަކީ ރައްޔިތުންގެ މަޖިލިހުގެ ނާއިބު ރައީސްގެ އިތުރުން، 18 ވަނަ ދައުރުގައި ރައްޔިތުންގެ މަޖިލިހުގެ ހުޅުމާލޭ ދާއިރާގެ މެމްބަރުންކަންވެސް ކުރައްވާފައިވާ ބޭފުޅެކެވެ. އޭގެ ކުރިން އޭނާވަނީ ލ. އަތޮޅުގެ މެމްބަރުކަންވެސް ކުރައްވާފައެވެ.

އޭގެ އިތުރުން ރީކޯ މޫސާ މަނިކު ވަނީ އެމްޑީޕީގެ ޗެއަރޕާސަންގެ މަގާމުވެސް ފުރުއްވާފައެވެ. އެހެންނަމަވެސް 2018ގެ ރިޔާސީ އިންތިޚާބަށް އޭނާ ގުޅިވަޑައިގަތީ ޕީޕީއެމްއާއެވެ. އެހެންނަމަވެސް ދާދި ފަހުން މޫސަ ވަނީ އަނެއްކާވެސް އެމްޑީޕީއާއި ގުޅިވަޑައިގެންފައެވެ.

މޫސަ މިހާރު މަސައްކަތް ކުރައްވަމުން ގެންދަވަނީ ރައީސް އިބުރާހިމް މުހަމަދު ސާލިަހަށް ތާއީދު ހޯއްދެވުމަށެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ