20 އަހަރު ފަހުން ދަތެއްގެ އެތިކޮޅެއް ސައިނަސް ތެރެއިން ނަގައިފި

20 އަހަރު ފަހުން ދަތެއްގެ އެތިކޮޅެއް ސައިނަސް ތެރެއިން ނަގައިފި

Author
އަޒްފާ ރަޝީދު
11 އޭޕްރިލް 2023 06:49
0

މީގެ 20 އަހަރު ކުރިން މީހެއްގެ ސައިނަސް ތެރެއަށް ދިޔަ ދަތުގެ އެތިކޮޅެއް އެންޑޮސްކޯޕީ މެދުވެރިކޮށް އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލް (އޭއީއެޗް) އިން ނަގައިފި އެވެ.

އޭއީއެއްޗްއިން ހާމަކޮށްފައިވާ ގޮތުގައި އެ ހޮސްޕިޓަލުން ހެދި ސާރޖަރީއެއްގައި، މީގެ ވިހި އަހަރު ކުރިން މާލޭ ހޮސްޕިޓަލަކުން ދަތެއް ނެގުމުގެ ތެރޭގައި މީހެއްގެ ސައިނަސް ތެރެއަށް ދިޔަ ދަތުގެ އެތިކޮޅެއް އެންޑޯސްކޮޕީ މެދުވެރިކޮށް ނަގާފައިވާ ކަމަށެވެ. މިއެތި ކޮޅު ނަގާފައިވަނީ އޭއީއެޗްގެ އީއެންޓީ ސާޖަނުންގެ ޓީމަކުންނެވެ. މި ސާޖަރީއަށް ގާތްގަނޑަކަށް ދޮޅު ގަޑިއެއް ހާއިރު ނެގިއިރު ސާޖަރީ ކަމީޔާބު ކަމަށާއި ބަލި މީހާގެ ހާލުވެސް ރަނގަޅު ކަމަށް އޭއީއެޗްއިން ބުނެއެވެ.

މިއީ އެންޑޯސްކޮޕީ މެދުވެރިކޮށް އޭއީއެޗްގައި މިފަދަ ސާޖަރީއެއް ކުރެވުނު ފުރަތަމަ ފަހަރު ކަމަށް އެހޮސްޕިޓަލުން މައުލޫމާތު ދެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.