ކޮވިޑް ކޭސްތައް އިތުރުވެއްޖެ

ކޮވިޑް ކޭސްތައް އިތުރުވެއްޖެ

Author
އަޒްފާ ރަޝީދު
10 އޭޕްރިލް 2023 05:58
0

މިދިޔަ ހަފްތާގައި ރާއްޖެ އިން 84 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާކަމަށް ހެލްތް ޕްރޮޓެކްޝަން އޭޖެންސީ އެޗްޕީއޭއިން ހާމަކޮށްފިއެވެ.

އެޗްޕީއޭއިން ހާމަކޮށްފައިވާ ގޮތުގައި ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން 73 މީހުންނަކީ މާލެ ސަރަހައްދުން އެ ބަލި ޖެހުނު މީހުންނެވެ. ސިނާއީ މަސައްކަތް ކުރާ ރަށްތަކުން ކޮވިޑަށް ޕޮޒިޓިވްވެފައިވާ މީހުންގެ އަދަދު ހުރީ 11 ގަ އެވެ.

ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން 17 މީހުންނަށް ފަރުވާ ދެނީ ހޮސްޕިޓަލުގައި ކަމަށް އެޗްޕީއޭއިން ބުނެފައިވެއެވެ.

މުޅި ރާއްޖެއިން ކޮވިޑް-19 އަށް ޕޮޒިޓިވްވީ މީހުންގެ އަދަދު ވަނީ 185،894 އަރާފައެވެ. އެ ބަލީގައި ރާއްޖެއިން 311 މީހަކު މިހާތަނަށް ވަނީ މަރުވެފަ އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

ހ ހުސެއިން
މޮޅު ވާހަކަ ދައްކައިގެން އަނެއްފަހަރު އަހަރުމެން ހައްދަން ނުހަދާ ކޮންމެވެސް އެހެން ގޮތަކަށް ކަލޭމެން ފައިސާ ހޯދަން ރާވާށެވެ.