ކޮރިއަރ މެދުވެރިކޮށް ރާއްޖެއެތެރެކުރަން އުޅުނު 1.8 ކިލޯގެ މަސްތުވާތަކެތި އަތުލައިގެންފި

ކޮރިއަރ މެދުވެރިކޮށް ރާއްޖެއެތެރެކުރަން އުޅުނު 1.8 ކިލޯގެ މަސްތުވާތަކެތި އަތުލައިގެންފި

Author
އަޒްފާ ރަޝީދު
09 އޭޕްރިލް 2023 06:23
0

ކޮރިއަރ މެދުވެރިކޮށް ރާއްޖެއެތެރެކުރަން އުޅުނު 1.8 ކިލޯގެ މަސްތުވާތަކެތި އަތުލައިގެންފިއެވެ.

ކަސްޓްމްސްއިން މިތަކެތި އަތުލައިގަނެފައިވަނީ މާޗް 29 އަދި 31 ވަނަ ދުވަހު ކޮރިއަރ ސާވިސް މެދުވެރިކޮށް އިނގިރޭސިވިލާތުން ރާއްޖެ ގެނެސްފައިވާ ޕްކޭޖްތަކެއްގެ ތެރެއިން ފެނުނު ކޮސްމެޓިކްސްތަކެއްގެ ތެރޭގައި ޝައްކު ކުރެވޭ ޒާތުގެ ބާވަތެއް ހުރުމުން، އެތަކެތި އިތުރަށް ބަލާ ފާސްކުރުމުގެ ތެރޭގައި ކަމަށެވެ.

އެގޮތުން މާޗް 29 ވަނަ ދުވަހު ބަލާ ފާސްކުރި ދެ ޕެކޭޖެއްގެ ތެރޭގައި ހުރި 6 ދަޅަކުން އަދި މާޗް 31 ވަނަ ދުވަހު ބަލާފާސްކުރި ޕެކޭޖެއްގެ ތެރޭގައި ހުރި 4 ދަޅަކުން ފެނުނު ތަކެތި ތަހުލީލު ކުރުމުން މެފެޑްރޯންއަށް ޕޮޒިޓިވް ވެފައިވާ ކަމަށެވެ.

ކަސްޓަމްސްއިން ބުނެފައިވަނީ މިތަކެތީގައި 1.8 ކިލޯ ހުރި ކަމަށާއި މިތަކެތީގެ މަގުމަތީއަގު 3،240،000 އަށް އަރާކަމަށް ލަފާކުރެވޭ ކަމަށެވެ.

މިމައްސަލަ އިތުރަށް ތަހުގީގު ކުރުމަށް، އަތުލައިގަނެވުނު މަސްތުވާތަކެތި ފުލުހުންނާ ހަވާލުކޮށްފައިވާ ކަމަށްވެސް ކަސްޓަމްސްއިން ބުނެފައިވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.