އެމްޓީސީސީއިން ފަށާފައިވާ ހަނިމާދޫ ބަނދަރުގެ މަސައްކަތް ނިންމާލައިފި

އެމްޓީސީސީއިން ފަށާފައިވާ ހަނިމާދޫ ބަނދަރުގެ މަސައްކަތް ނިންމާލައިފި

Author
އަޒްފާ ރަޝީދު
09 އޭޕްރިލް 2023 07:12
0

އެމްޓީސީސީއިން ފަށާފައިވާ ހދ. ހަނިމާދޫ ބަނދަރު ތަރައްގީ ކުރުމުގެ މަސައްކަތް ނިންމާލައިފިއެވެ.

އެމްޓީސީސީން މަޢުލޫމާތުދޭ ގޮތުގައި ހަނިމާދޫ ބަނދަރު މަސައްކަތް ނިންމާލާފައިވަނީ އޭޕްރިލް މަހުގެ އެއްވަނަ ދުވަހުކަމަށެވެ.

މި މަޝްރޫއުގެ ދަށުން 19،870 ކިއުބިކް މީޓަރުގެ ސަރަހައްދެއްގައި ބަނދަރު ފުންކުރުމާއި، 6525 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ނެރު ފުންކުރުމާއި، 310 މީޓަރުގެ ސަރަހައްދެއްގައި އެއްގަމުތޮށިލުމާއި، 704 މީޓަރުގެ ސަރަހައްދެއްގައި ބޭރުތޮށި ލާފައިވެއެވެ.

މީގެއިތުރުން 140 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމެންޓް ޖެހުމާއި، 90 މީޓަރުގެ ސަރހައްދެއްގައި ގްރޮއިންސް ޖެހުމާއި، 2583 އަކަ މީޓަރުގެ ސަރަހައްދެއްގައި ކޮންކްރީޓް ޕޭވްމަންޓް ހެދުމާއި، ޖެޓީއެއް ހެދުމާއި، ބްރިޖެއް ހެދުން، ރޭމްޕެއް ހެދުމުގެ އިތުރުން ނެރު ބައްތިއާއި ބަނދަރު ބައްތި ހަރުކުރުމުގެ މަސައްކަތް ކޮށްފައިވެއެވެ.

ހދ. ހަނިމާދޫ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫއަކީ 65.15 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.