ކްރިމިނަލް ހުށަހަޅާފައިވާ މައްސަލައަކާ ގުޅިގެން ބަންދުގައި ބަހައްޓައިގެން ހޯޓަށްއ ޙާޒިރުކުރަން މީހަކު ހޯދަން ފަށައިފިއެވެ.
ފުލުހުން ވިދާޅުވީ ހޯދަމުންދަނީ ތ. ތިމަރަފުށި / ޢަލީއާބާދު، އަޙްމަދު މުހައްމަދު (34އ) ކަމަށެވެ. އޭނާ ހޯދަނީ ކްރިމިނަލް ކޯޓަށް ހާޒިރު ކުރަން ބޭނުންވެ ހާޒިރު ކުރެވިފައިނުވާތީ އޭނާ ހޯދައި ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރު ކޮށްދިނުމަށް ފުލުހުންގެ މައްޗަށް އެކޯޓުން އަމުރު ކޮށްފައިވާތީއެވެ.
އަޙްމަދު މުޙައްމަދު ހޯދަމުންދަނީ ދައުލަތުން ދަޢުވާކުރާ އެނގިހުރެ ހުއްދަނޫން ތަނަކަށް ވަނުމުގެ މައްސަލައަކާއި އެހެން މީހެއްގެ މުދަލެއްގެ މައްޗަށް ހުއްދަނޫން ގޮތެއްގައި ބާރު ހިންގުމުގެ މައްސަލައަކާ ގުޅިގެންނެވެ.
އޭނާ ކޯޓަށް ހާޒިރުކުރަން ބޭނުންވެ ހާޒިރުކުރެވިފައިނުވާތީ ފުލުހުންގެ ބަންދުގައި އޭނާ ބަހައްޓައިގެން 2023 އޭޕްރީލް 10 ވަނަ ދުވަހު 09:30 އަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމަށް ފުލުހުންގެ މައްޗަށް ކްރިމިނަލްކޯޓުން ވަނީ އަމުރުކޮށްފައެވެ.
ކޮމެންޓު ފޮނުވާ