މިފްކޯއިން މީމު އަތޮޅުގައި ތަރައްގީ ކުރާ ބަނދަރުގެ ޝީޓް ޕައިލް ހަރުކޮށް ނިންމައިފި

މިފްކޯއިން މީމު އަތޮޅުގައި ތަރައްގީ ކުރާ ބަނދަރުގެ ޝީޓް ޕައިލް ހަރުކޮށް ނިންމައިފި

Author
އަޒްފާ ރަޝީދު
06 އޭޕްރިލް 2023 06:03
0

މިފްކޯ މ.އަތޮޅުގައި ތަރައްގީކުރަމުން އަންނަ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ ދަށުން، ޝީޓް ޕައިލް ހަރުކުރުމުގެ މަސައްކަތް ނިމިއްޖެއެވެ.

މިފްކޯއިން މ.އަތޮޅުގައި ބަނދަރު ތަރައްގީކުރުމުގެ މަސައްކަތް ކުރަމުން އަންނަނީ އެއަތޮޅު މުލަކުގައެވެ. މިމަސައްކަތްކުރަމުން އަންނަނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮންޕެނީ (އެމްޓީސީސީ) ންނެވެ.

މި މަޝްރޫޢުގެ އެންމެ ފަހުގެ މައުލޫމާތު ހިއްސާކުރަމުން އެމްޓީސީސީން ބުނެފައިވަނީ ޝީޓް ޕައިލް ހަރުކުރުމުގެ މަސައްކަތް މިހާރު ނިމިފައިވާއިރު، ބިން ހިއްކުމުގެ މަސައްކަތުގެ 18 އިންސައްތަ ފުރިހަމަކޮށްފައިވާ ކަމަށެވެ. އަދި، ބަނދަރު ފުންކުރުމުގެ މަސައްކަތުގެ 22 އިންސައްތަ ނިމިފައިވާކަމަށެވެ.

މި މަޝްރޫޢުގެ ދަށުން، 22,240 ކިއުބިކް މީޓަރުގެ ބިން ހިއްކުމާއި، 8,640 ކިއުބިކް މީޓަރުގެ ބަނދަރު ފުންކުރުމާއި، 160 މީޓަރުގެ ސައަރަޙައްދެއްގައި އެއްގަމު ތޮށި ލުމާއި، 68.90 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމެންޓް ޖެހުމާއި 3,200 އަކަ މީޓަރުގެ ޕޭވްމެންޓް އަޅާނެއެވެ. މި މަޝްރޫޢުއަކީ 52.95 މިލިއަން ރުފިޔާގެ މަޝްރޫޢެކެވެ.

މުލަކުގައި ހަދާ މިފްކޯ ބަނދަރަކީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މަސްވެރިންނަށް މަސްކިރޭނެ އިންތިޒާމު ހަމަޖެއްސުމަށްޓަކައި ހިންގާ މަޝްރޫއެގެ ތެރެއިން ތަރައްގީކުރާ ބަނދަރެކެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.