2019 ވަނަ އަހަރު ރިލީޒް ކުރި ފިލްމް "ވޯ ″ ގެ ސީކްއެލްގެ ޑައިރެކްޓަރަށް މިދިޔަ އަހަރު "ބުރައްމަސްތުރާ" ގެނެސްދިން ޑައިރެކްޓަރު އަޔާން މުކަރްޖީ ހަމަޖައްސައިފި އެވެ.
މިއީ އެ ސްޓޫޑިއޯ އިން މިހާރު ފަށާފައި އޮތް "ސްޕައި ޔުނިވާސް" ގެ ފިލްމެކެވެ. އޭގެ އެންމެ ފަހުގެ ފިލްމަކީ ޖެނުއަރީގައި ރިލީޒްކުރި ޝާހްރުކް ޚާންގެ "ޕަތާން" އެވެ. ދެން އޮތި ސަލްމާން ހާންގެ "ޓައިގާ" ގެ ތިންވަނަ ފިލްމްއެވެ.
މުނިފޫހި ފިލުވުމުގެ ހަބަރުތަށް ގެނެސްދޭ ނޫސްތަކުން ބުނާ ގޮތުގައި އެ ފިލްމު އުފެއްދި ޔާޝްރާޖް ފިލްމްސް ވަައިއާރްއެފް) ގެ ވެރިޔާ އަދިތިޔާ ޗޯޕްޅާ އާއި "ވޯ" ގެ ސްކްރީން ރައިޓަރު ޝްރިދާރް ރަގްވަން ވަނީ ފިލްމުގެ ސްކްރިޕްޓްގެ ބޮޑު ބައި ވެސް މިހާރު ނިންމައިފަ އެވެ. އަދި މިއަހަރުގެ ފަހު ކޮޅުގައި ފިލްމްގެ ޝޫޓިން ފަށާނެ ކަމަށްވެސް މައުލޫމާތު ލިބެއެވެ.
"ވޯ 2″ ގެ ޑައިރެކްޓްކުރަން އަޔާންއާ ހަވާލުކުރި އިރު 2019 ގައި ގެނެސްދިން މީގެ ފުރަތަމަ ބައި ޑައިރެކްޓްކުރީ "ޕަތާން" ގެ ޑައިރެކްޓަރު ސިދާތު އާނަންދެވެ. މީގެ ސީކުއަލް އިން ރިތިކް އާއި އެކުގައި ފެނިގެން ދާނީ ސައުތުގެ ސްޕަސްޓާރު އެންޓީއާރް ޖޫނިއާ އެވެ.
މި ފިލްމް އިން ޓައިގާ ފެންނާނެ ކަމެއް އަދި ނޫން ކަމެއް ވެސް ނޭގެއެވެ. ފިލްމް އާއި ބެހޭގޮތުން މާގިނަ މައުލޫމާތެއް އަދި މިހާތަނަށް ހާމަ ކޮށްފައިއެއް ނުވެއެވެ. އަދި ހަމަ އެއާއި އެކުގައި ފިލްމް ރިލީޒް ކުރާނެ ތާރީހެއް ވެސް ނޭގެއެވެ.