ވިޖޭ އިންސްޓަގްރާމް އެކައުންޓް ހުޅުވުމާއެކު ފޮލޯވާސްގެ އަދަދު ތިން މިލިއަނަށް

ވިޖޭ އިންސްޓަގްރާމް އެކައުންޓް ހުޅުވުމާއެކު ފޮލޯވާސްގެ އަދަދު ތިން މިލިއަނަށް

Author
ފާތިމަތު ނާވީ
05 އޭޕްރިލް 2023 07:49
0

ތަމަޅަ ސިނަމާގައި ގިނަ ބައެއްގެ މަގުބޫލުކަން ހޯދާފައިވާ ސައުތު އިންޑިއާގެ އެކްޓަރު ވިޖޭ ތަލަޕަތީ މީގެ ދެދުވަހެއް ކުރިން އިންސްޓަގްރާމްގައި އެކައުންޓެއް ހުޅުވައިފިއެވެ.

މިދިޔަ އާދީއްތަ ދުވަހު އޭނާ ވަނީ ފޮޓޯ ޝެއާކުރާ އެޕްލިކޭޝަނުން ތައާރަފުވެފަ އެވެ. އަދި ފުރަތަމަ ފޮޓޯ ވަނި ދޫކޮށްލައިފައިއެވެ. ފޮޓޯ ހިއްސާކޮށް އޭނާ ކެޕްޝަން ގައި ލިޔެފައި ވަނީ "ހެލޯ ނައްބާސް އެންޑް ނައްބިސް" އެވެ. 48 އަހަރުގެ ސުޕަސްޓާރުގެ ވެރިފައިޑް އެ އެކައުންޓުގެ ބަޔޯގައި ލިޔެފައި ވަނީ "އެކްޓަރު ވިޖޭ ހޭންޑްލް ކުރާ އޭނާގެ އޮފިޝަލް ޕޭޖް" ކަމަށެވެ.

 

View this post on Instagram

 

A post shared by Vijay (@actorvijay)

ވިޖޭ އިންސްޓްގްރާމްއަށް ތައާރަފުވިތާ ކުޑަ ވަގުތު ކޮޅެއްގެ ތެރޭގައި އޭނާ އަށް ވަނީ  މިލިއަނުން ފޮލޯވަރުންލިބިފައިއެވެ. ކުޑަ ވަގުތު ކޮޅެއްގެ ތެރޭގައި އޭނާގެ އެކައުންޓަށް ތިން މިލިއަން ފޮލޯވަރުން ލިބިއްޖެއެވެ. މިއަދާ ހަމަ އައި އިރުގައި އެދަދު ވަނީ 5.6 މިލިއަން އަރައިފައިއެވެ. މި އެކައުންޓުގައި ފޮލޯވިންގް ގެ އަދަދަކި ސުމެކެވެ.

ކާމިޔާބު އެތަށް ފިލްމް އެއް ކުޅެފައިވާ ސައުތުގެ ސްޕަސްޓާރު އެންމެ ފަހުގެ ފިލްމް އަކީ މިއަހަރުގެ ޖެނުއަރީގައި ރިލިޒް ކުރި "ވަރިސޫ" އެވެ. އޭނާ ގެ ކުރިއަށް އޮތް ފިލްމް އަކީ "ލިއޯ" އެކެވެ. މީގެ އިތުރުން ޝަހުރުކް ހާންގެ ކުރިއަށް އޮތް ފިލްމް "ޖަވާން" ގެ ހާއްސަ ފެނިލުމަކުން ވެސް އޭނާ ފެނިގެންދާނެއެވެ.

 

 

 

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.