"ސެކްޝަން 84″ ޑަޔާނާ ޕެންޓީ ސޮއިކޮށްފި

"ސެކްޝަން 84″ ޑަޔާނާ ޕެންޓީ ސޮއިކޮށްފި

Author
ފާތިމަތު ނާވީ
05 އޭޕްރިލް 2023 02:48
0

ބޮލީވުޑްގެ ލެޖެންޑް އަމިތާބް ބަޗަން ގެ ކުރިއަށް އޮތް ފިލްްމް "ސެކްޝަން 84″ ޑިޔާނާ ޕެންޓީ ސޮއިކޮށްފި އެވެ.

ރިބޫ ސެން ގުޕްތާ ލިޔެ، ޑައިރެކްޓްކުރާ މި ފިލްމްގެ ރޯލަކަށް ޑިއާނާ ސޮއި ކުރި އިރުގައި މި ފިލްމްގެ ލީޑު ރޯލުން އަމިތާބް ފެނިގެންދާނީ ވަރަށް ވަރުގަދަ ރޯލަކުންނެވެ. ކޯޓު ރޫމު ތެރޭގެ މި ފިލްމް ޓިޒާ އެއްވެސް މިހާރު ވަނީ ބެލުންތެރިންނަށް ދޫކޮށްލައިފައިއެވެ.

 

View this post on Instagram

 

A post shared by Diana Penty (@dianapenty)

ރިބޫ ސެން އެންމެ ފަހުން ގެނެސްދިން ފިލްމަކީ ޕަރިނީތީ ޗޯޕްޅާ އާއި ހާޑީ ސަންދޫއާ އެކީ މިދިޔަ އަހަރުގެ "ކޯޑް ޑޭމް: ތިރަންގާ" އެވެ. އޭނާ ވަނި މީގެ ކުރިން ވެސް އަމިތާބް އާއި އެކުގައި މަސައްކަތް ކޮށްފައިއެވެ. އެގޮތުން ސޮނީ ޓީވީގެ 2014 ގެ ސިލްސިލާ "ޔުދު" އާއި 2016 ގެ ފިލްމު "ތީން" އަކީ މިދެމިޙުން އެކުގައި މަސައްކަތް ކުރި ފިލްމް އެކެވެ.

އަނެއްކޮޅުން ޑިޔާނާ އެންމެ ފަހުން ފެނިގެން ގޮސްފައިވަނީ "ސެލްފީ" އިންނެވެ. މިއަަހުރު ރިލީޒް ކުރި މި ފިލްމް އަކީ އަކްޝޭ ކުމާރު އާއި އިމްރާން ހާޝިމީ ފެނިގެންދިއަ ފިލްމްއެކެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.