އާންމު ކޮން ސިލްސިލާ ޑްރާމާ ތަކުން ފެންނަ އެކްޓަރެއް ކަމުގައިވާ ވިވެކް ދާހިޔާ ބޮލީވުޑްއަށް ތައާރަފް ފުރަތަމަ ފިލްމް ގެ ޓިޒާއެއް ދައްކައިލައިފިއެވެ.
މި ފިލްމް އަކީ ރޯޑް ޓްރިޕް ފިލްމެއް ކަމަށްވާ "ޗަލް ޒިންދަގީ" އެވެ. މީގެ ލީޑުން ފެނިގެންދާނީ މަޝްހޫރު ލަވަކިޔުންތެރިޔާ ކުމާރު ސާނޫގެ އަންހެން ދަރިފުޅު ޝެނޯން ކޭ އެވެ.
ފިލްމްގެ ކާސްޓުގައި ސަންޖޭ މިޝްރާ އާއި މިތާ ވަޝިސްތު، ވިވާން ޝަރުމާ އަދި ވިކްރަމް ސިންގްް ފަދަ ތަރިން ހިމެނެއެވެ. ނަމަވެސް އަދި މި ފިލްމް ރިލިޒް ކުރާ ތާރީހެއް އިއުލާނެން ނުކުރެއެވެ. މި ފިލްމްގެ ޑައިރެކްޓަރަކީ ވިވެކް ޝަރުމާ އެވެ.
މި ފިލްމް އިން ވިވެކް ބޮލީވުޑްއަށް ތައާރަފް ވާއިރުގައި އޭނާ ވަނީ މަގުބޫލު ޑްރާމާ ތަކަކުން ވެސް ފެނިގެން ގޮސްފައިއެވެ. ވިވެކް ގެ އަންހެނުން ނަކީ މަޝްހޫރު ބަތަލާ ދިވިޔަންކާ ތްރިޕާޓީ އެވެ. އެދެމީހުން އެކުގައި ވެސް ވަނީ ބައެއް ޑްރާމާތަށް ކުޅެފައިއެވެ. ދެމަފިރިން އެކުގައި ކުޅުނު ޑްރާމާ "ޔޭ ހޭ މޮހައްބަތޭ" އަކީ ވިވެކްގެ އެކްޓިންގ ފާހަގަ ކޮށްލެވޭ ފަދަ ޑްރާމާއެކެވެ.
ކޮމެންޓު ފޮނުވާ