ސައީދު އެސްޓީއޯގެ މެނޭޖިންގ ޑިރެކްޓަރަކަށް އައްޔަން ކުރިކަމުގެ ލިޔުން ހަވާލުކޮށްފި

ސައީދު އެސްޓީއޯގެ މެނޭޖިންގ ޑިރެކްޓަރަކަށް އައްޔަން ކުރިކަމުގެ ލިޔުން ހަވާލުކޮށްފި

Author
އަޒްފާ ރަޝީދު
04 އޭޕްރިލް 2023 05:27
0

ސްޓޭޓް ޓްރޭޑިން އޮގަނައިޒޭޝަން، އެސްޓީއޯގެ މެނޭޖިންގ ޑިރެކްޓަރުކަމުގެ މަޤާމަށް ޢަބްދުﷲ ސައީދު އައްޔަންކޮށްފިއެވެ.

އެސްޓީއޯގެ ޑިރެކްޓަރުންގެ ބޯޑުގެ މެމްބަރުކަމަށާއި މެނޭޖިން ޑިރެކްޓަރުގެ މަޤާމަށް އަބްދުﷲ ސަޢީދު އައްޔަންކުރިކަމުގެ ލިޔުން ހަވާލުކޮށްދެއްވީ ފިނޭންސް މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތުގައި ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑުގެ ރައީސް އާސިމް މުޙައްމަދުއެވެ.

މުޙައްމަދު ޞައީދު އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރުކަމުގެ މަޤާމަށް އައްޔަން ކުރުމުގެ ކުރިން ހުންނެވީ މޯލްޑިވްސް ސްޓޭޓް ޝިޕިން ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑްގެ މެނޭޖިން ޑިރެކްޓަރުގެ މަޤާމުގައެވެ.

ސަޢީދު މީގެކުރިން ވަނީ ވީ ގްލޯބަލް ޓްރޭޑިންގ، ސިންގަޕޯރ ޕްރައިވެޓް ލިމިޓެޑްގެ މެނޭޖަރކަމާއި ޑިރެކްޓރަ އޮފް ބިޒްނަސް ޑިވެލޮޕްމަންތްގެ މަޤާމާއި މޯޑިވްސް ނޭޝަނަލް އޮއިލް ލޮމްޕެނީ ޕްރައިވެޓް ލިމިޓެޑްގެ ޗެއަރމަން އަދި ސީއީއޯކަމާއި އެސްޓީއޯ މޯލްޑިވްސް، ސިންގަޕޯރ ޕްރައިވެޓް ލިމިޓެޑްގެ ޗެއަރމަން އަދި މެނޭޖިން ޑިރެކްޓަރގެ މަޤާމުވެސް ވަނީ ފުރައްވާފައެވެ.

އެސްޓީއޯގެ މެނޭޖިން ޑިރެކްޓަކަށް ސައީދު އައްޔަންކޮށްފައިވަނީ އެމަޤާމު ފުރުއްވަމުންދިޔަ ހުސެއިން އަމްރު މިދިޔަ މަހުގެ 26 ވަނަ ދުވަހު މަޤާމުން ވަކިކުރުމާއި ގުޅިގެނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.