މަޝްހޫރު ޒުވާން ބަތަލާ ޕަރިނީތީ ޗޯޕްރާ މިހާރު ސިންގަލް ނޫން ކަމަށާއި އޭނާގެ ހަޔާތަށް ލޯބިެވރިއަކު އައިސްފައިވާ ކަމަށް ބުނެ މިގެ ދުވަސްކޮޅެއް ކުރިން ވަނީ ވަރަށް އަޑުގަދަ ކޮށްލައިފައިއެވެ.
އަދި ހަމަ އެއާއި އެކުގައި އެދެމީހުން ވަރަށް އަވަހަށް ކަިއވެނި ކުރާނެ ކަމަށާއި ޕަރިނީތީގެ ލޯބިވެރިއަކި އެމްޕީ އެއް ކަމަށްވެސް ވަނީ ހާމަވެފައިއެވެ. ޕަރިނީތީ ލޯބީގެ ގޮތުން ގުޅިގެން އުޅެނީ އިންޑިއާގެ ގާނޫނު ހަދާ މަޖިލީހުގެ މަތިގެ، ރާޖިއާ ސަބާގެ މެމްބަރެއް ކަމަށްވާ ރާގަވް ޗައްޑާއާއިއެވެ.
އެދެމީހުން ރައްޓެހި ވެގެން އުޅޭތާ މިހާރު ދުވަސްކޮޅެއް ވެފައިވާ ކަމަށައި އެމީހުން މިހާރު ގުޅުން ވަރަށް ސީރިއަސް ކަމަށާއި އަދި ވަރަށް އަވަހަށް ކައިވެނި ކުރާނެ ކަމުގެ އަޑުތަށް ވެސް ވަނި ގަދަވެފައިއެވެ. އަދި މި ދަނޑިވަޅުގައި ޕަރިނީތީ ބައެއް ޑިޒައިނަރުންނާއި ބައްދަލު ކުރަމުން އަންނަ ކަމަށާއިއެގޮތުން ސެލެބްރިޓީ ޑިޒައިނާ މަނީޝް މަލޯތްރާ އާއި ބައްދަލު ކުރަން ގޮސްހުއްޓައި ނަގައިފައިވާ ފޮޓޯތަކެއްވެސް ވައިރަލް ވެފައި ވެއެވެ.

ކޮންމެ އަކަސް ގިން ބަޔަކު އިއްތިފާގުވާ ގޮތުގައި އެދެމީހުންގެ މއެދުގައި ގާތް ރަހުމަތްތެެރިއަކަށް ވުރެ ގުޅުން މާ ބޮޑެވެ. ނަމަވެސް ދެމީހުން ހުރެ އެކަކުން އެކަމަށް އަދި މިހާތަނަށް އެއްބަސް ނުވެއެވެ. އަދި އެފަދަ ސުވާލެއް ކުރި ނަމަވެސް ދެނީ ބީރު ކަންފަތެކެވެ.
ކޮންމެއަކަށް މިހުރިހާ ކަމެއްގެ ތެރެއިން އަނެއްކައިވެސް މިވަނީ ކަމެއް ފަޅާ އަރައިފައިއެވެ. އެއީ މުމްބާއީ އެއާޕޯޓުން ދެ މީހުން އެކުގައި ފެނުމެވެ. ފެނުނު އިރު، ވަރަށް އުފަލުން ހެވިފައި ތިިބިކަންވެސް ފާހަގަކުރެވުނެވެ. އެ ދެ މީހުންގެ އެކީގައި ފެންނަ ވީޑިއޯއެއް ވެސް ސޯޝަލް މީޑިއާގައި ވެސް ވަނި އާންމުވެފައިއެވެ. ދެމީހުން ތިބީ ވަރަށް ކެޝުއަލް ކޮންނެވެ. އަދި މިއީ އެމީހުން ގުޅުން ފާޅު ކުރުން ކަމަށާއި އެމީހުން ރައްޓެހިވެގެން އުޅޭކަން ހާމަ ކުރީ ކަމަށް އަންނަނީ ބުނަމުންނެވެ.
މިއާއި އެކުގައި ގިނަ ބަޔަކު ކުރާ ސުވާލަކީ އެދެމީހުން ދިއައީ ކޮންތާކަށް ތޯއެވެ.؟ އެމީހުން ޗުއްޓީ އަކަށް ގޮސްފައިވާކަން ވަރަށް ސާފުކަމަށް ވެސް ބުނެފައިއެވެ. އެމީހުންގެ މިދަތުގެ ހާއްސަކަން ހާމަ ވާ އަނެއްކަމަކީ އެމީހުން ފުރި އިރުގައި ބޯމަތިވެފައިވާ ބޮޑު އިވެންޓެވެ. އިންޑިއާގެ މަހުޖަނު މުކޭޝް އަމްބާނީގެ އަންހެނުން ތީނާގެ ނީތާ އަމްބާނީ ކަލްޗްރަލް ސެންޓަރު ހުޅުވަން ބޭއްވި ކުލަ ގަދަ ހަފްލާ ގައި މުޅި ބޮލީވުޑް ބައިވެރިވިއެވެ.
އަދި ހަމަ އެއާއި އެކުގައިގައި ޔޫކޭގައި ދިރިއުޅޭ ޕަރިނީތީގެ ކަޒިން ޕްރިޔަންކާ ޗޯޕްރާ އާއި އެނާގެ ފިރިމީހާ ވަނީ މި ހަފްލާގައި ބައިވެރިވުމަށް އައިސްފައިއެވެ. މީގެ އިތުރުން ވެސް ހޮލީވުޑްގެ މަޝްހޫރު މޫނުތަށް މި ހަފްލާއިން ވަނީ ފެނިގެން ގޮސްފައިއެވެ. ނަމަވެސް މިހުރިހާ ކަމަކަށް ވުރެ ބޮޑަށް ފަރިނީތީ ބޭނުންވީ ލޯބިވެރިއާ އާއި އެކުގައި އެކަހެރި ވެލެން ކަމަށް މީޑިއާއިން ވަނީ ބުނެފައިއެވެ.
ޕަރިނީތީ، 34، އާ އެކީ ލަންޑަނުގައި ކިޔެވި ރާގް، 34، އަކީ އޭރުންފެށިގެން ވެސް ވަރަށް ގާތް ދެއެކުވެރިން ކަމަށް ވެއެވެ. ނަމަވެސް އެގުޅުން ލޯތްބަށް ބަދުވީ ކޮން އިރަކު ކަމެއް ނޭގެއެވެ.
ކޮމެންޓު ފޮނުވާ