"ޖަވާން" ގައި ދީޕިކާގެ ލަވައެއް

"ޖަވާން" ގައި ދީޕިކާގެ ލަވައެއް

Author
ފާތިމަތު ނާވީ
04 އޭޕްރިލް 2023 08:04
0

ކުރިއަށް އޮތް ޝާހުރުކް ހާން ގެ ފިލްމް "ޖަވާން" ގައި ދީޕިކާ ފެނިގެންދާނެ ކަމަށް މާ ކުރިންސުރެ ވެސް އައީ ކިޔަމުންނެވެ. ނަމަވެސް ފިލްމް ގައި އޭނާ ފެނިގެންދާނީ ކިހިނެއްކަމެއް އޭރަކު ނޭގެއެވެ.

ނަމަވެސް މި ފިލްމް ގައި ހިމަނާފައިވަނީ ދީޕިކާގެ ލަވައެއް ކަމަށް މިހާރު ވަނީ ކަށަވރު ކޮށްދީފައިއެވެ. އަދި މި ލަވައިގެ ޝޫޓިން މިމަހުގެ ތެރޭގައި ދީޕިކާ ކުރާނެ ކަމަށް ވެސް މައުލޫމާތު ލިބެއެވެ.

ބެލެވޭ ގޮތުގައި މިއީ އައިޓަމް ސޯންގް އެކެވެ. މިދިއަ އަހަރު ނެރުން ދީޕިކާގެ ފިރިމީހާ ރަންވީރު ސިންގް ގެ ފިލްމް "ސާކަސް" ގައި ވެސް ދީޕިކާ ވަނީ އައިޓަމް ސޯންގްއެއް ކުޅެފައިއެވެ. އެހެން ކަމުން ބޮޑަށް ބެލެވެނީ "ޖަވާން" ގައި ވެސް އޭނާ ގެ އައިޓަމް ސޯންގް އެއް ފެނިގެންދާނެ ކަމަށެވެ.

ދީޕިކާ އާއި ޝާހު އެކުގައި ކުޅުނު ފިލްމް "ޕަޓާން" ސިނަމާތަކަ ގެެނެސްފައި ވަނީ މިއަހަރުގެ ޖެނުއަރީގައިއެވެ. ބޮކްސް އޮފީހުގައި ބޮޑު ކާމިޔާބެއް ހޯދި މި ފިލްމް ވަނީ މިއަހަރު އެންމެ ބޮޑު އާމްދަނީ އަދި މިހާތަނަށް ހޯދި ފިލްމްއަށެވެ.

މި ފިލްމް އަކީ ބޮލީވުޑްގެ ސުޕަސްޓަރ ޝާހްރުކް ޚާނާއި އެކުގައި ސައުތުގެ މަޝްހޫރު ބަތަލާ ނަޔަންތަރާ ފެނިގެންދާ ފިލްއެކެވެ. މީ މިދެތަރިން އެކުގައި ކުޅޭ ފުރަތަމަ ފިލްމްއެވެ. ފިލްމް އެޅުވުމަށް ތާވަލް ކޮށްފައިވަނީ ޖޫން އަށެވެ. ނަމަވެސް އޮކްޓޮބަރަށް ފިލްމް ލަސްކުރުމަށް މަޝްވަރާތަކެއް ކުރަމުން އަންނަ ކަމަށް މައުލުމާތު ލިބެއެވެ.

ޝާހްގެ އަމިއްލަ ޕްރޮޑަކްޝަން ހައުސް ރެޑް ޗިލީސް އެންޓަޓެއިންމެންޓުން އުފައްދާ މި ފިލްމުގެ ޑައިރެކްޓަރަކީ އަތުލީއެވެ. މީގެ ކާސްޓުގައި ޝާހްރުކާއި ނަޔަންތަރާގެ އިތުރުން ސަނާޔާ މަލްހޮތުރާ އަދި ސުނިލް ގްރޯވަރުވެސް ހިމެނެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.