ޖޭޕީގެ ފަރާތުން ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާނީ ގާސިމްކަމަށް ރަސްމީކޮށް ކަނޑައަޅައިފި

ޖޭޕީގެ ފަރާތުން ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާނީ ގާސިމްކަމަށް ރަސްމީކޮށް ކަނޑައަޅައިފި

Author
ހުސެއިން
03 އޭޕްރިލް 2023 06:48
0

ކުރިޔަށް އޮތް 2023ގެ ރިޔާސީ އިންތިޚާބުގައި ޖުމުހޫރީ ޕާޓީގެ ފަރާތުން ވާދަކުރާނީ އެޕާޓީގެ ލީޑަރު ގާސިމް އިބުރާހިމްކަށް އެޕާޓީގެ ކައުންސިލުން މިއަދު ރަސްމީކޮށް ކަނޑައަޅައިފިއެވެ.

މިއަދު ބޭއްވުނު، ޖުމުހޫރީ ޕާޓީގެ 153 ވަނަ ކައުންސިލް ބައްދަލުވުމުގެ އިއްތިފާގުންވަނީ ޕާޓީގެ ރިޔާސީ ކެނޑިޑޭޓަކަށް ގާސިމް އިބުރާހިމްގެ ޝަރުތު ފުރިހަމަވާކަމަށްވެސް ނިންމާފައެވެ.

ޖޭޕީގެ ކައުންސިލްގެ ގާސިމްގެ ކެނޑިޑެސީ އެންޑޯސްކޮށްފައި ވާއިރު، އެޕާޓީން ދަނީ ކޯލިޝަން ހެދުމުގެ މަޝްވަރާތައް އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދުގެ ފިކުރެއްގެ ދިރުން ސިޔާސީ ހަރަކާތާއެކީ ކުރިޔަށް ގެންދަމުންނެވެ.

އޭގެ އިތުުރުން ޖޭޕީގެ ލީޑަރު ގާސިމް އިބުރާހިމް މިއަހަރުގެ ރިޔާސީ އިންތިޚާބުގައި ވާދަކުރުމަށް ނިންމުމާއި ގުޅިގެން، އެޕާޓީގެ ފަރާތުން ސަރުކާރުގެ އިސް މަގާމްތަކުގައި ތިއްބެވި ގިނަ މެމްބަރުން ދަނީ އެޕާޓީ ދޫކުރަމުންނެވެ.

މިގޮތުން އިސްދޫ ދާއިރާގެ މަޖިލިސް މެމްބަރު މިއަދުވަނީ ޖޭޕީ ދޫކޮށް އެމްޑީޕީއަށް ސޮއި ކުރައްވާފައެވެ.

އޭގެ އިތުރުންވެސް، އިމިގްރޭޝަން ކޮންޓްރޯލަރު މުހައްމަދު އަހުމަދު ހުސައިން (ހަނަފީ) އާއި އެމްޓީސީސީގެ މެނޭޖިން ޑިރެކްޓަރު އާދަމް އާޒިމާއި އެމްޑަބްލިއުއެސްސީގެ މެނޭޖިން ޑިރެކްޓަރު ހަސަން ޝާހާއި އާޓްސް، ކަލްޗާ އެންޑް ހެރިޓޭޖް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ވަލީދާ ވަލީދު އަދި ހަޔާ އެޑިއުކޭޝަން މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އާމިނަތު މުހައްމަދު ސަލީމްވެސް ވަނީ ޖުމުހޫރީ ޕާޓީން ވަކިވެވަޑައިގެންފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.