ސިޔާމްގެ ކުންފުނިން ހިލްޓަންއަށް ފައިސާ ދެއްކުން ފަސްކުރަން ހައިކޯޓުން އަމުރުކޮށްފި

ސިޔާމްގެ ކުންފުނިން ހިލްޓަންއަށް ފައިސާ ދެއްކުން ފަސްކުރަން ހައިކޯޓުން އަމުރުކޮށްފި

ގުޅުންހުރި

ސަން ޝިޔާމްގެ ކުންފުނި، ސަން ޓްރެވެލްސް އިން ހިލްޓަންއަށް 24 މިލިއަން ޑޮލަރު ދެއްކުމަށް ކޮށްފައިވާ ހުކުމަށް އަމަލު ކުރުން ފަސްކުރުމަށް ހައިކޯޓުން އަމުރުކޮށްފިއެވެ.

ހިލްޓަން އަށް ބޮޑު ބަދަލެއް ދިނުމަށް ސަން ޓްރެވަލްސްގެ އެންޑް ޓުއާސްގެ މައްޗަށް ސިންގަޕޫރުގެ އާބިޓްރޭޝަނުން އަންގާފައިވާ މި މައްސަލައަކީ ނ. އިރުފުށި ރިސޯޓް ހިންގުމުގެ އެއްބަސްވުން 2013 ގައި ބާތިލުކުރުމާއި ގުޅިގެން ބަދަލުގެ ގޮތުގައި 24 މިލިއަން ޑޮލަރު ދިނުމަށް ސިންގަޕޫރުގެ އާބިޓްރޭޝަނުން ސަން ޓްރެވަލްސްގެ މައްޗަށް އަމުރުކުރި މައްސަލައެވެ. މި މައްސަލައިގައި ހުކުމް ތަންފީޒު ކުރުން ފަސްކުރުމަށް ހައިކޯޓުން އަމުރުކުރީ މިއަދުއެވެ.

ހައިކޯޓުން އެންގީ އެ މައްސަލައިގައި ސަން ކުންފުނީގެ ފަރާތުން ހައިކޯޓުގައި އިސްތިއުނާފު ކޮށްފައިވާ އިސްތިއުނާފީ މައްސަލައިގައި ވަކި ގޮތެއް ކަނޑައެޅުމުގެ ކުރިން، ސިވިލް ކޯޓުން ނެރެފައިވާ އަމުރު ތަންފީޒުކުރުން ކުރުމަށެވެ. ހައި ކޯޓުގެ އަމުރުގައި ބުނީ ސިވިލް ކޯޓުގެ ނިންމުން ތަންފީޒު ކުރުން މި ވަގުތު ފަސްނުކޮށްފި ނަމަ، ސަން ޓްރެވަލްސްގެ މަސްލަހަތަށް އުނިކަން އަތުވެދާނެ ކަމަށް ބެލެވޭ ކަމަށެވެ.

މިމައްސަލާގައި މީގެ ކުރިން ސަން ޓްރެވަލްސް ކުންފުނީގެ ބޭންކް އެކައުންޓްތައް ފްރީޒްކުރަން ވެސް ވަނީ ސިވިލްކޯޓުން އަމުރުކޮށްފައެވެ. ހިލްޓަނާއެކުވީ އެއްބަސްވުމަކީ ރާއްޖޭގެ އާންމު ސިޔާސަތާ ޚިލާފަށް ޤާއިމުކުރި އެއްބަސްވުމެއްކަމަށް ބުނެ އެ އެއްބަސްވުމުގެ ދަށުން ހިލްޓަނަށް ފައިސާ ދައްކަންނުޖެހޭނެކަމަށް ސަން ކުންފުނީގެ ފަރާތުން ކޯޓުގައި ވަކާލާތުކުރި ނަމަވެސް އެކަމުގެ ގާނޫނީ ހުއްޖަތެއް ސަން ކުންފުންޏަށް ދެއްކިފައިނުވާކަމަށް ސިވިލް ކޯޓުން ނިންމާފައިވެއެވެ.

ހައިކޯޓުން ސަން ޓްރެވެލްސް އިން ހިލްޓަންއަށް 24 މިލިއަން ޑޮލަރު ދެއްކުމަށް ކޮށްފައިވާ ހުކުމަށް އަމަލު ކުރުން ފަސްކުރުމަށް އަމުރު ކޮށްފައިވާއިރު، ސަން ސިޔާމް ވަނީ މިއަހަރުގެ ރިޔާސީ އިންތިޚާބުގައި ރައީސް ޞާލިހަށް ތާއީދުކުރުމަށް ނިންމާފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ