އިރާންގައި ބުރުގާ ނާލާ އުޅުނު ދެ އަންހެނަކަށް ޔޯގަޓުން ހަމަލާދިން ވީޑިއޯއެއް ސޯޝަލް މީޑިއާގެ ސަމާލުކަމަށް

އިރާންގައި ބުރުގާ ނާލާ އުޅުނު ދެ އަންހެނަކަށް ޔޯގަޓުން ހަމަލާދިން ވީޑިއޯއެއް ސޯޝަލް މީޑިއާގެ ސަމާލުކަމަށް

Author
ހުސެއިން
02 އޭޕްރިލް 2023 07:42
0

އިރާންގައި ބުރުގާ ނާޅާ އުޅުނު ދެ އަންހެނަކަށް ޔޯގަޓުން ހަމަލާދިން މީހަކު ހައްޔަރު ކޮށް، ބުރުގާ ނާޅާ އުޅުން ދެ އަންހެނުންވެސް ހައްޔަރު ކުރުމަށް އެގައުމުގެ ކޯޓުން އަމުރު ނެރެފިއެވެ.

މިހާރު ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ވީޑިއޯއިން ފެންނަ ގޮތުގައި ފިހާރައަކުން ވިޔަފާރި ކުރަން ވަން ބުރުގާ ނާޅާ ތިބި ދެ އަންހެނުންނަށް އެފިހާރައަށް އައި ފިރިހެނަކު ހަމަލާ ދީފައިވަނީ ޔޯގަޓު ތަށި ދެ އަހެނުންގެ ބޮލަށް އޮއްސާލައިގެންނެވެ.

ދެ އަންހެނުންނަށް ހަމަލާދިން ފިރިހެންމީހާ ހައްޔަރު ކޮށްފައިވަނީ "އާންމު މަސްލަހަތަށް ނުރައްކާ" ކުރުމުގެ ކުށުގައެވެ. އިރާންގެ ޖުޑީޝަރީގެ ރަސްމީ އޮންލައިން ނޫސް ކަމުގައިވާ މިޒާން އޮންލައިންއިން ރިޕޯޓު ކޮށްފައިވާ ގޮތުގައި، ބުރުގާ ނާޅާ އުޅުނު ދެ އަންހެނުން ހައްޔަރު ކުރަން އަމުރު ނެރެފައިވަނީ، ބުރުގާ ނާޅާ އުޅުމަކީ ކުށަކަށް ވާތީ ކަމުގައެވެ.

ހުކުރު ދުވަހު ސޯޝަލް މީޑިއާގައި ދައުރުވާން ފެށި ވީޑިއޯއިން ފެންނަ ގޮތުގައި، ވިޔަފާރި ކުރަން ދެ އަންހެނުން ފިހާރައަށް ވަނުމާއެކު، ފަހަތުން އައި ފިރިހެނަކު ދެ އަންހެނުންނަ ދިމާލަށް ހަޅޭ ލައްވަމުން އެ ދެމީހުން ފަހަތުން ފިހާރައަށް ވަންނަތަން ފެނެއެވެ.

އަދި އިރުކޮޅަކު ދެ އަންހެނުންނާއި ޒުވާބު ކުރަން ހުރުމަށްފަހު ދެން ފެންނަނީ، ފިހާރައިގަ ހުރި ޔޯގަޓު ތައްޓެއް ނަގަނާ އެމީހާ ދެ އަންހެނުންގެ ބޮލަށް ޖަހާލާތަނެވެ.

މި ދެން އަންހެނުންގެ ތެރެއިން އެކަކު ބޮލުގައި ފޮތިގަޑެއް އަޅާފަަ އޮތް ނަމަވެސް އަނެއް އަންހެންމީހާ ހުރީ އެއްވެސް ވަރަކަށް ބުރުގާ އަޅާފައެއް ނޫނެވެ.

ޔޯގަޓުން ދެ އަންހެނުންނަށް ހަމަލާ ދިނުމުން، ފިހާރާއިގެ ސޭޓަކަށް ހުރިމީހާ އެ ފިރިހެން މީހާއަށް ހަމަލާދޭ ތަންވެސް ވީޑިއޯއިން ފެނެއެވެ. އިރާންގެ މިޒާން އޮންލައިންއިން ރިޕޯޓު ކޮށްފައިވާ ގޮތުގައި ޖުޑީޝަލް އޮތޯރިޓީން ވަނީ ފިހާރައިގެ ސޭޓަށްވެސް ނަސޭހަތް ދީފައެވެ.

އިރާންގެ 1979ގެ ދީނީ އިންގިލާބަށްފަހު އެގައުމުގައި ބުރުގާ އެޅުމަކީ މަޖުބޫރު ކަމެކެވެ. އެހެންނަމަވެސް ފާއިތުވެދިޔަ އަހަރު، ބުރުގާ ނާޅައިގެން އިރާންގެ ފުލުހުން ހައްޔަރުކުރި މާޝާ އަމިނީ ފުލުހުންގެ ހައްޔަރުގައި ހުއްޓާ މަރު ވުމާއި ގުޅިގެން އިރާނުގައި ހިގައިދިޔަ މުޒާހިރާތަކަށްފަހު އެގައުމުގައި ބުރުގާ ނާޅާ އުޅޭ އަންހެނުންގެ އަދަދު ވަނީ އިތުރުވާން ފަށާފައެވެ.

އާމިނީއަކީ އިރާނުގެ ކުރުދީ ދަރިކޮޅުގެ އަންހެނެކެވެ. އޭނާ މަރުވެފައިވަނީ ފާއިތުވި އަހަރުގެ ސެޕްޓެމްބަރުމަހުގެ 16 ވަނަ ދުވަހުއެވެ. އިރާނުގެ އާންމު މަސްލަހަތާއި ގުޅޭ ފުލުހުން އަމިނީ ވެރިރަށް ތެހެރާންއިން ހައްޔަރު ކުރީ އެގައުމުގެ އަންހެނުން ހެދުން އެޅުމުގެ އުސޫލާއި ޚިލާފަށް ހެދުން އަޅާ އުޅުމުގެ ތުހުމަތުގައެވެ.

އަމިނީ ފުލުހުންގެ ހައްޔަރުގައި ހުއްޓާ މަރުވުމާއި ގުޅިގެން އިރާން އެކި ހިސާބުތަކަށް މުޒާހިރާތައް ފެތުރިގެން ދިޔައެވެ. މިމުޒާހިރާތައް ނިމުމަކަށް އައީ ފުލުހުން ބާރުގެ ބޭނުން ކުރަން ފެށުމުންނެވެ. ފަހުން އިރާނުންވަނީ މުޒާހިރާތަކުގައި ބައިވެރިވި ބައެއް މީހުންނަށް މަރުގެ އަދަބުވެސް ދީފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

ދ ދަރި
ނާލާ މިއީ މީހަކަށް ކިޔާ ނަމެއްތަ؟ މީހުން ދިވެހި ބަހުން އެއްޗެހި ލިޔާތީ ލިޔަނީ. ތަނެއް ދޮރެއް ވަކިވަނީކީ ނޫން! ރަށުތެރެއިން އެހެން ކަމަކައިގެން އުޅެބަލަ
ކ ކަތީބު
ކަލޭމެން މާރަނަޅުވާނެ ރަށުތޭން އެހެންކަމަކާ އުޅުނިއްޔާ