ދިރާގު ގުޑިފެސްޓް މިއަދު ހަވީރު

ދިރާގު ގުޑިފެސްޓް މިއަދު ހަވީރު

ދިރާގާއި މާލެ ސިޓީ ކައުންސިލް ގުޅިގެން ކުރިއަށްގެންދާ ދިރާގު ގުޑިފެސްޓް މިއަދު ހަވީރު ކުރިއަށް ގެންދިއުމަށް ހަމަޖެހިއްޖެއެވެ.

އެ ހަރަކާތް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވަނީ މިއަދު ހަވީރު 4:00 އިން ހަވީރު 6:00 އަށް މާލެ އުސްފަސްގަނޑުގައެވެ.

ރާއްޖޭގައި ރަމަޟާން މަހުގެ ހަވީރު ގަޑީގައި ގުޑި އެރުވުމަކީ ޒަމާނުއްސުރެ ބޮޑެތި މީހުން އަދި ކުޑަކުދިންގެ މެދުގައިވެސް މަގުބޫލު ހަރަކާތެކެވެ. ޒަމާންވީ ސަގާފީ އާދަކާދައާއި ދެމެދު ކުދިންގެ ޝައުގުވެރިކަން އާލާކުރުމަކީ ދިރާގުގެ މަގުސަދެކެވެ.

ދިރާގުން މަޢުލޫމާތުދޭ ގޮތުގައި ގުޑިފެސްޓްގައި ހުރިހާ އުމުރުފުރައެއްގެ ކުދިންނަށް ވެސް ބައިވެރިވެވޭނެ ކަމަށާއި އެ އިވެންޓުގައި އެކި ވައްތަރުގެ ގުޑި ބެހުމަށް ވެސް ހަމަޖެހިފައިވެއެވެ.

ދިރާގުން އަންނަނީ ކޮންމެ ރަމަޟާން މަހެއްގައިވެސް ކަސްޓަމަރުންނާއި ރާއްޖޭގައި އުޅޭ މީހުންނަށް އިތުރު ހަރަކާތްތަކާއި އޮފާތައް ގެނެސްދެމުންނެވެ. އަދި އެ ކުންފުނިން ވަނީ ރޯދަމަހަކީ ހުރިހާ ކަސްޓަމަރުންނަށް ބަރަކާތްތެރި މައްސަރަކަށްވުމަށްވެސް އެދިފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *