ނިވާކަން ކުޑަކޮށް ހެދުން އެޅުމަށް މަޝްހޫރު އުރްފީ ޖާވެދް މުޅިން ތަފާތު ހެދުމެއް ލައި އެންމެން ސިއްސުވައިލައިފިއެވެ.
މީގެ ކުރިންވެސް ނިވާކަން ކުޑަކޮން ހެދުން އެޅުމުގެ ސަބަބުން ފުލުހަށްވެސް ހާޒިރު ކޮށްފައިވާ ބަތަލާގެ ހެދުން އެޅުމަށް ދުވަހެއް ދުވަހެއް އަންނަނީ އިތުރަށް ގޯސްވަމުންނެވެ. އެގޮތުން އޭނާ ވަނީ އަނެއްކައިވެސް ތަފާތު ހެދުމެއް އަޅައިފައިއެވެ.
މިފަހަރުގެ ޑިޒައިނަކީ މަސްބާނާ ދަލެކެވެ. މަސްބާނާ ދަލެއް ބޭނުން ކޮށްގެން ނިވާވުމެއް ނެއް ހެދުމައި ލައި އޭނާ ވަނީ ނޫސްވެރިންގެ ކުރިމަށްޗަށް ނުކުމެ ފޮޓޯ ނެގުމަށް ޕޯސްވެސް ކޮށްފައިއެވެ.
މި ހެދުމާއި ހެދި މީމްސްތަށް ވެސް އަންނަނީ ހަދަމުންނެވެ. މީ އަބަދުވެސް ނިވާކަން ކުޑަ ހެދުން އަޅައިގެން ނޫސްތަކުގެ ފަލަ ސުރުހީން ޖާގަ ހޯދާ ބަތަލާގެ އައު އުކުޅެއް ކަމަށް ބެލެވެއެވެ.
އާންމު ދިރިއުޅުމުގައިވެސް ވަރަށް ނިވާކަން ކުޑަ ހެދުން އަޅާ އުރްފީ މަޝްހޫރު ވެފައި ވަނީވެސް ހެދުން ނުލައި އުޅޭ މީހެއްގެ ގޮތުގައިއެވެ. އުރްފީ ބުނާ ގޮތުގައި އޭނާ ހެދުން އަޅާމިންގަޑަކީ ގާނޫން ހުއްދަ ކުރާ މިންގަޑު ކަމަށެވެ. އަދި އޭނާ ހެދުން ނުލަނީ އެލާޖިކްވާތީއެވެ. އޭނާ ވަނީ ހެދުން ލުމުން އަލާޖިވޭ ކަމަށް ބުނެ ފޮޓޯއެއް ވެސް އާންމު ކޮށްފައިއެވެ.
ބައެއް ސިލްސިލާ ޑްރާމާ ތަކުން ފެނިގެން ގޮސްފައިވާ އުރްފީ އަކީ މިހާތަނަށް އޭނާގެ އެކްޓިންގެ ކެރިއަރުގައި މާބޮޑު ކާމިޔާބެއް ހޯދިފައިވާ މީހެއް ނޫނެވެ. މީގެ ކުރިން އޭނާ ވަނީ "ޗަންދުރާ ނަންދިނީ" އާއި "ޔޭ ރިޝްތާ ކިޔާ ކެހެލާތާ ހެ" އަދި "ކަސޯޓީ ޒިންދަގީ ކޭ" ގައިވެސް ކުޑަ ރޯލަކުން ފެނިގެން ގޮސްފައެވެ.
ކޮމެންޓު ފޮނުވާ