އިންޑިއާގެ މަހުޖަނު މުކޭޝް އަމްބާނީގެ އަންހެނުން ތީނާގެ ނީތާ އަމްބާނީ ކަލްޗްރަލް ސެންޓަރު ހުޅުވަން ބޭއްވި ކުލަ ގަދަ ހަފްލާ އަކީ ތާރީހީ ހަފްލާ އަކަށް ވަނި ވެގެން ގޮސްފައިއެވެ.
މުޅި ބޮލީވުޑް އެކުގައި ކަހަލަ ގޮތަކަށް މި ހަފްލާގައި ބައިވެރިވިއެވެ. މީގެ އިތުރުން ހޮލީވުޑްގެ ނަން މަޝްހޫރު ގިނަ ތަރިންތަކެއް ވެސް މި ހަފްލާގައި ބައިވެރިވިއެވެ. މީ އައިފާ ފަދަ އެވޯޑް ފަންގްޝަން އަށް ދޫކުރާނެ ހަފްލާއެއް ނުނެވެ.
ހުރިހާ ތަރިންވެސް އެމީހަކަށް ވެވުނު އެންމެ ރީއްޗެއް ވެގެން ގޮސް ތިބި އިރުގައި އެންމެ ފާހަގަ ކޮށްލެވެނީ އެ ހަފްލާއިން 2015 ވަނަ އަހަރުގެ ކާމިޔާބު ފިލްމް " ބާޖީރާއޯ މަސްތާނީ" ގެ ތަރިން ވަނީ ބައްދަލު ވެފައިއެވެ. މި ކާމިޔާބު ފިލްމްގެ ލީޑުން ފެނިގެންދިއަ ޕްރިޔަންކާ ޗޯޕްރާ އާއި ދީޕިކާ ޕަދުކޯން އަދި ރަންވީރު ސިންގް ވަނީ ގިނަ ދުވަސް ތަކަކަށް ފަހު ބައްދަލު ވެފައިއެވެ. ހަގީގަތުގައި ވެސް މީ ރިޔޫނިއަން އެކެވެ.
މި ހަފްލާގައި ދިޕިކާ ބައިވެރިވެފައި ވަނީ އޭނާގެ ފިރިމީހާ ރަންވީރު ސިންގް އާއި އެކުގައިއެވެ. އަދި ޕްރިޔަންކާ ބައިވެރިވެފައިވަނީ އޭނާގެ ފިރިމީހާ ނިކް ޖޯނަސް އާއި އެކުގައިއެވެ.
ނިކް އާއި ކައިވެނި ކުރި ފަހުން ޕްރިޔަންކާ ދިރިއުޅުން ވަނި އެމެރިކާ އަށް ބަދަލުކޮށްފައިއެވެ. އަދި އޭނާ އަންނަނީ ހޮލީވޫޑްގައި ވެސް އޭނާގެ ޖާދޫ ދައްކަމުންނެވެ. އެމީހުން އިންޑިއާއަށް ދިއައި އިއްޔެގެ ވަގުތެއްގައިއެވެ. މި ދަތުރުގައި އެމީހުންގެ ދަރިފުޅުވެސް ބައިވެރިވިއެވެ.
ކޮމެންޓު ފޮނުވާ