ޕްރިޔަންކާ އަނެއްކައިވެސް އިންޑިއާއަށް، މިފަހަރު ދަރިފުޅާއި ފިރިމީހާ އާއިވެސް އެކުގައި

ޕްރިޔަންކާ އަނެއްކައިވެސް އިންޑިއާއަށް، މިފަހަރު ދަރިފުޅާއި ފިރިމީހާ އާއިވެސް އެކުގައި

Author
ފާތިމަތު ނާވީ
31 މާރޗް 2023 07:10
0

ދާދި ފަހުން ވެސް އުފަން ގައުމު، އިންޑިއާ އަށް ދަތުރެއް ކޮށްފައިވާ ބޮލީވުޑް/ ހޮލީވުޑް ބަތަލާ ޕްރިޔަންކާ ޗޯޕްރާ އަނެއްކާވެސް އިންޑިއާއަށް ގޮސްފިއެވެ. ޕްރިޔަންކާ މިހާރު ދިރިއުޅެމުން އަންނަނީ އެމެރިކާގައިއެވެ.

މިފަހަރު އިންޑިއާއަށް ޕްރިޔަންކާ އައިސްފައި ވަނި ފިރިމީހާ އަދި ދަރިފުޅާއި ވެސް އެކުގައިއެވެ. އެމީހުން ވަނި އެއާޕޯޓްގެ ބޭރުގައި ފޯޓޯ ނެގުމަށް ނޫސްވެރިނަށް ފުރުސަތު ވެސްދީފައިއެވެ.

މި ފަހުން ވެސް ޕްރިޔަންކާ ވަނި އިންޑިއާއަށް ދަތުރެއް އަލައިފައިއެވެ. އެފަހަރު އޭނާ އިންޑިއާއަށް ކުރި ދަތުރަކީ ވިޔަފާރީ ދަތުރެއް ކަމަށް މީޑިއާއިން ވަނީ ބުނެފަިއއެވެ. ބެލެވޭ ގޮތުގައި މިފަހަރުވެސް މީ މަސައްކަތް ކުރުމަށް ކޮށްފައިވާ ދަތުރެކެވެ.

 

View this post on Instagram

 

A post shared by Pinkvilla (@pinkvilla)

އެއާޕޯޓް އިން ނުކުތުމަށްދަހު ދަރިފުޅާއި ފިރިމީހާ ކާރުގައި ފޮނުވާލުމަށް ފަހު ޕްރިޔަންކާ ވަނީ އެހެން ކާރަކަށް އަރައިފައިއެވެ. އެންމެ ބޮޑަށް ބެލެވޭ ގޮތުގައި މީ އޭނާގެ ކުރިއަށް އޮތް ފިލްމް ގެ މަސައްކަތަށް ކުރި ދަތުރެކެވެ. ބޮލީވުޑްގެ ފިލްމް އަކަށް އޭނާ ވަނި ސޮއެކޮށްފައިއެވެ.

އެއީ އެކްޓަރު/ ޑައިރެކްތަރު ފަރްހާން އަހްތަރުގެ ކުރިއަށް އޮތް ފިލްމް "ޖީލޭ ޒަރާ"އެވެ. މި ފިލްމް އަކީ ތިންބަތަލާ އިން ފެނިގެންދާނެ ފިލްމްއެކެވެ. އެގޮތުން ފިލްމްގެ ލީޑުން ފެނިގެންދާނީ ޕްރިޔަންކާ ޗޯޕްރާ އާއި އާލިއާ ބަޓް އަދި ކެޓްރީނާ ކައިފްއެވެ.

 

View this post on Instagram

 

A post shared by Pinkvilla (@pinkvilla)

މި ދަތުރުގައި ޕްރިޔަންކާގެ ދަރިފުޅުވެސް ވަނީ ބަިއވެރި ވެފައިއެވެ. އެހެން ކަމުން މި ދަތުރަށް ގިނަ ދުވަސް ނަގާނެ ކަމަށް ބެލެވެއެވެ. މީ މާލްތީ އިންޑިއާ އަށް ކުރި އަލަތު ދަތުރެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.